ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2026/13
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 11 ޖޫން 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ދުޅަހެޔޮ ހަށިހެޔޮ" ކަސްރަތު ޕްރޮގްރާމާއި ގުޅޭ!

ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތަށް އަހުލުވެރިކުރުވުމުގެ ގޮތުން 18 (އަށާރަ) އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް، ސްޕޯޓްސް ކައުންސެލަރ މެދުވެރިކޮށް މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ޔޫތް އެންޕަވަމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ގުޅިގެން ހިންގާ، "ދުޅަހެޔޮ ހަށިހެޔޮ" ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ޖޫން 11 ވާ ބުރާސްފަތި  ދުވަހުގެ 13:00ގެ ކުރިން، މި ކައުންސިލްގެ ވައިބަރ ނަންބަރު، 7580025 އަށް، އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

ކަސްރަތު ޕްރޮގްރާމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މި ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖޫން 2026