ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/115
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 07 ޖޫން 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

 

FSM-ADV/2026/115

 

 

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

 

މަޤާމް:

ސޭލްސް އެސިސްޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

10

މަސައްކަތުގެ ބާވަތް:

-          އީޒީފިލް ޝެޑްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް  ތެޔޮ އަޅައިދިނުމުގައި  އެހީތެރިވެދިނުން.

-          ފައިސާ ބަލައިގަތުމާއި، ދޫކުރުމާއި އަދި ދުވަހުން ދުވަހަށް  ފައިސާގެ ހިސާބު ދިމާކުރުރުގެ މަސައްކަތްތައް ކުރުން.

-          އިދާރީ މަސައްކަތެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހަވާލުކުރެވޭ މަސައްކަތެއް ކުރުން.

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ކ.މާލެ އަދި ހުޅުމާލެ ޝެޑް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 07 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 

03 ޖޫން 2026