ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)1139-ARISE/1139/2026/58
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 11 ޖޫން 2026 14:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސައިޓް ސުޕަވައިޒަރ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސައިޓް ސުޕަވައިޒަރ

ދިވެހި ސަރުކާރާއި ވޯރލްޑް ބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަބް އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ސައިޓް ސުޕަވައިޒަރެއް ހޯދަން ބޭނުންވެއެވެ.

ސައިޓް ސުޕަވައިޒަރުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެރައިޒް ޕްރޮޖެކްޓާއި ގުޅޭ ސައިޓްތަކުގައި އިމާރާތްކުރުމުގެ ހަރަކާތްތަކާއި ކުރެވޭ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ބެލުމެވެ. އަދި އެހެނިހެން ޒިންމާތަކުގެ ތެރޭގައި، އިމާރާތްކުރުމުގެ މިންގަޑުތައް ހިފަހައްޓާވަރު ބެލުމާއި މަސައްކަތާއި މަސައްކަތްތެރިކަމުގެ ފެންވަރުބެލުން ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ކ.މާލެ

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

  • އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވުން؛
  • އާންމު އިމާރާތްކުރުމުގެ މަސައްކަތުގެ މަދުވެގެން 2 އަހަރުގެ ތަޖުރިބާ އާއި މަސައްކަތް ކުރުމުގެ ޤާބިލިއްޔަތު ހުރުން؛ އަދި
  • އިމާރާތް ކުރުމުގެ މަސައްކަތް ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ހުރުން.

ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.

އެރައިޒް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފާށަނާ މާލަމް، ދަރުބާރުގެ، އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3019219

އީމެއިލް: [email protected]

ކޮޕީ:[email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރެއްވުން އެދެމެވެ.

03 ޖޫން 2026