|
މަޤާމު:
|
އެސިސްޓަންޓް އޮފިސަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން
|
|
ސެކްޝަން:
|
ކޯޕަރޭޓް ސާވިސަސް
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ބާވަތް:
|
ދާއިމީ
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
|
|
ޖުމްލަ މުސާރަ:
|
9،150.00 ރުފިޔާ އާއި 10،250.00 ރުފިޔާއާ ދެމެދު
|
|
އަސާސީ މުސާރަ:
|
4،500.00 ރުފިޔާ އާއި 5،000.00 ރުފިޔާއާ ދެމެދު
|
|
ސަރވިސް އެލަވަންސް:
|
70.00 ރުފިޔާ އާއި 80.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
ޙާޒިރީ އެލަވަންސް:
|
85.00 ރުފިޔާ އާއި 95.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
އެހެނިހެން އިނާޔަތްތައް:
|
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިންސްޓިޓިއުޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- އިންސްޓިޓިއުޓަށް ވައްދާ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކި ކުރުމާއި، ބަދަލުކުރުމާއި، މުވައްޒަފުންގެ ވަޒީފާގެ ބަޔާނާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކުރުމާ ގުޅޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- އިންސްޓިޓިއުޓްގެ އޮނިގަނޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ހިނދެއްގައި އެބަދަލެއް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- އިންސްޓިޓިއުޓްގެ މުވައްޒަފުންގެ ރެޖިސްޓަރީ އަދާ ހަމަކޮށް، ރެކޯޑް ބެލެހެއްޓުން.
- އިންސްޓިޓިއުޓްގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ތައްޔާރުކޮށް، އަދާ ހަމަކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ހާޒިރީއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަހުން މަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.
- މުވައްޒަފުންގެ މުސާރަ ހެދުމަށްޓަކައި ހިއުމަން ރިސޯސްއިން ނިންމަންޖެހޭ މަސައްކަތްތައް ކަނޑައަޅާފައިވާ ޑެޑްލައިންއަށް ނިންމުން.
- މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަމްރީންތައް ދިނުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- އިންސްޓިޓިއުޓަށް ލިބޭ އަދި އިންސްޓިޓިއުޓުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.
- އިންސްޓިޓިއުޓްގެ ސްޓޮކަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް މުދާ ގަންނަށް އެދޭ ފޯމް ފުރިހަމަކޮށް ޕްރޮކިއުމަންޓަށް ފޮނުވުން.
- އިންސްޓިޓިއުޓްގެ ހިއުމަން ރިސޯސަސް އަދި އެޑްމިނިސްޓްރޭޝަން އާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން.
- އިންސްޓިޓިއުޓްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުތުތައް:
|
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 4 މާއްދާއިން (އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ފާސްވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
|
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
- އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ޕޮލިސް ރިޕޯޓް (ދޫކުރިތާ 3 މަސް ނުވާ)
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ 17 ޖޫން 2026 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|