ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)AAAH-A-R/AAAH/2026/16
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 09 ޖޫން 2026 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

މި ހޮސްޕިޓަލުގެ ތިރީގައި މިދަންނަވާ މަޤާމުތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ.

މަޤާމު:

ލޯންޗް ޑްރައިވަރ

މަޤާމުގެ ނަންބަރު:

J-454613

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އާރް 3 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އއ.އަތޮޅު ހޮސްޕިޓަލް

މުސާރަ:

-/9260 ރުފިޔާ

މަޤާމުގެ އެލަވަންސް:

-/4490 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސީ އޮޕަރޭޝަންސްގެ ގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ދުވަހަކަށް 75.00 ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ރެއަކަށް 120.00 ރުފިޔާ ލިބޭނެއެވެ.
  2.  ނޯޓް: މި މަގާމަކީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ މަގާމަކަށްވާތީ، އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓްރާންސްޕޯޓް އޮތޯރިޓީގެ ކަނޑުގެ އުޅަނދުފަހަރުގެ ޤަވާޢިދާ އެއްގޮތަށް ލާންޗުތަކުގައި ދަތުރު ކުރުމާއި، ދަތުރު ކުރުމަށް ބޭނުންވާ ހުރިހާ ވަގުތެއްގައި ދަތުރު ކުރެވޭ ޙާލަތުގައި ލާންޗު ބޭއްވުން.
  2. ބަލިމީހުން އުފުލަން ޖެހިއްޖެ ޙަލަތެއްގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް އަމަލުކޮށް އަދި އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ބަލިމީހުންނަށް އެހީތެރިވެދިނުން.
  3. ކުރަންޖެހޭ ދަތުރުތަކަށް ގަޑިން ގަޑިޔަށް ލާންޗު ތައްޔާރުކޮށްފައި ވޭތޯ ބަލައި މޮނީޓަރކުރުން. އަދި ލާންޗް ދަތުރަށް ފުރުމުގެ 30 މިނިޓް ކުރިން ދަތުރަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްފައިވޭތޯ ބަލައި މޮނިޓަރކުރުން.
  4. ދަތުރުކޮށް ނިމުމުންވެސް ލާންޗަށް ޕެޓްރޯލް އަޅަންޖެހޭ ކަމަށް ފާހަގަކުރެވޭނަމަ، ޕެޓްރޯލަށް އެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސްޕަވައިޒަރަށް މަޢުލޫމާތުދީ ޕެޓްރޯލް އެޅޭނެ އިންތިޒާމް ހަމަޖެއްސޭތޯ ބެލުން. އަދި ލާންޗް އޮތީ ފުރަންޖެހިއްޖެނަމަ، ވަގުތުން ފުރޭފަދަ ޙާލަތެއްގައިތޯ ކަށަވަރު ކުރުން.
  5. ލާންޗުގެ އިންޖީނަށްބޭނުންވާ ޕެޓްރޯލާއި، އަޑީތެލާއި، ގިއަރުތެލާއި، ފިލްޓަރާއި އަދި މީގެއިތުރުންވެސް ލާންޗައް ހޯދަންޖެހޭ އެހެނިހެންތަކެތި ސްޕަވައިޒަރަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރަށްކާތެރިކަމާއެކު ބެލެހެއްޓުމާއި ހަލާކުވާތަކެތި ކަމާބެހޭ ޔުނިޓާއި ހަވާކުރުން. އަދި ގަޑި ހަމަވުމުން އަޑީތެލާއި، ގިޔަރުތެލާއި، ފިލްޓަރ ބަދަލުކުރުވުން.
  6. ކޯލް ޑިއުޓީތަކަށް ނުކުތުމާއި އިމަޖެންސީތަކަށް ނުކުމެ މަސައްކަތް ކުރެވޭ ފަދަ ޙާލަތެއްގައި އަބަދުވެސް ހުރުން.
  7. ލާންޗުގެ ސަލާމަތީސެޓްފިކެޓްގެ މުއްދަތުހަމަވުމުގެ 01 މަސްދުވަސްކުރިން، ކަމާއިބެހޭ މަޢުލޫމާތު ސްޕަވައިޒަރަށް ދިނުން
  8. ދަތުރެއް ނެތްނަމަވެސް ފަޅުގައި ލާންޗް އަޅާފައި އޮންނަ ވަގުތުތަކުގައިވެސް ލާންޗް ބެލެހެއްޓުން.
  9. ދަތުރު ނިންމާ ލާންޗުން ފޭބުމުގެ ކުރިން، ފަޅުވެރިން ލައްވައި ލާންޗަށް ފެންޖަހައި އިންޖީނަށް ފެން ފްލެކްސްކުރުމާއި މުޅި ލާންޗަށް ފެންޖަހާ ސާފްތާހިރު ކުރުވުން.
  10. ކޮންމެ ދަތުރެއް ނިންމުމަށްފަހު ދަތުރުތަކާއިބެހޭ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާނޭ މަޢުލޫމާތު ސްޕަވައިޒަރަށް ދިނުން.
  11. މަދުވެގެން ހަފްތާއަކު 02 ފަހަރު ލާންޗްގެ ފެހިކަހާ ސާފްކުރުވުމާއި ސާފްކުރުން.
  12. ލާންޗުގައި ބޭނުންކުރާ އެންމެހާ އާލާތްތައް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ސާފްތާހިރުކޮށް ބެލެހެއްޓުން.
  13. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑާމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

  1.     ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ B ކެޓަގަރީގެ ލައިސެންސެއް     

ނުވަތަ

2.      ނިޔަމިކަމުގެ ސަނަދު 1 ގެ ސެޓްފިކެޓް ނުވަތަ ނިޔަމިކަމުގެ ސަނަދު 2 ގެ ސެޓްފިކެޓް

 

  • މަޤާމުގެ ތަޢުލީމީ ރޮނގުތައް

   ނެތް

  • ކޯ ޑިސިޕްލިން

  ނެތް

  • ޕްރިފައިޑް ޑިސިޕްލިން

  ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރު ދުއްވުމުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7.    ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ B ކެޓަގަރީގެ ލައިސެންސްގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަވިއު

40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2026ވަނަ ދުވަހުގެ 14:00ގެ ކުރިން، އއ.އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި ހޮސްޕިޓަލުގެ ހިއުމަން ރިސޯސް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަވިއު އޮންނާނީ، 17 ޖޫން 2026 އާ 30 ޖޫން2026 އާއި ދެމެދު މި ހޮސްޕިޓަލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަވިއު އަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށް އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660645 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ.

02 ޖޫން 2026