ކުއްޔަށް ހިފުން
ނަންބަރު: GS76/IUL/2016/01
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 18 ޖަނަވަރީ 2016 11:00
ބާރަށު މަދަރުސާ
ދިވެހިރާއްޖެ
އެޕާޓްމަންޓެއް ކުއްޔަށް ހިފަން

އިޢުލާން

މިމަދަރުސާގެ ނަންބަރު GS76/IUL/2015/26 އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމުން، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

2016 ވަނަ އަހަރު މިމަދަރުސާގެ އިސްވެރިޔާ ހުންނަވާނެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ:

މިމަދަރުސާގެ އިސްވެރިޔާ ހުންނެވުމަށް 2 (ދޭއް) ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ، އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިމަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ރަބީޢުލްއައްވަލް 1437

07 ޖަނަވަރީ 2016