ޢާންމު މަޢުލޫމާތު
ނަންބަރު: IU/HB/2026/02
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި:
11 ޖޫން 2026 16:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޭންޑްބޯލް މޯލްޑިވްސް އެގްޒެކެޓިވް ކޮމިޓީ ބައި އިލެކްޝަން
މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރުންގެ ހުސްވެފައިވާ 02 މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މި މަޤާމުތަކަށް ކުރިމަތިވެލެއްވޭނީ ހޭންޑްބޯލް މޯލްޑިވްސްގެ މެމްބަރު ކުލަބުތަކަށެވެ.
ވީމާ، މިމަޤާމުތަކަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކެނޑިޑޭޓް ފޯމު މި އެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިވާ ތަފުސީލު:
- ކުރިމަތިލާ ފަރާތްތަކުގެ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހް – 11 ޖޫން 2026
- ނަންތަރުތީބު ކުރުން – 14 ޖޫން 2026
- ބައި އިލެކްޝަން ބޭއްވޭ ތާރީޙު – 18 ޖޫން 2026
02 ޖޫން 2026