ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2026/028
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި:
30 ޖޫން 2026 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުން
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕުރޮގުރާމް ގައި މިރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު "ނާރެސް" ޕޯޓަލްގައި އަދާހަމަކުރާން ބޭނުންވެއެވެ.
މި ޕްރޮގްރާމް ކުރިޔަށް ދާނީ 2026 ޖޫން 07 ވާ އާދީއްތަ ދުވަހުން ފެށިގެން 2026 ޖޫން މަހުގެ ނިޔަލަށް ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަ ދުވަހެއްގެ 13:00 އިން 14:00 އަށެވެ. އަދާހަމަނުކުރެވިތިބި ބިދޭސީންގެ މަޢުލޫމާތު ހަދާހަމަކުރުމަށް މައުލޫމާތު ހިއްސާކުރެއްވުމަށް ބިދޭސީން ފޮނުވުމަކީ އެ ބިދޭސީއަކު ގެންގުޅޭ ވެރިފަރާތުގެ ޒިންމާއެކެވެ.
ވީމާ، މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން އެދި ދެންނެވީމެވެ.
02 ޖޫން 2026