ކުއްޔަށް ހިފުން
ނަންބަރު: WAMCO-LOG/IUL/2016/004
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 17 ޖަނަވަރީ 2016 10:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އުޅަނދުފަހަރު ކުއްޔަށް ހިފުން

ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ އުޅަނދުފަހަރު ކުއްޔަށް ހިފުން

މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

1- 04 ދޯނި (30-27 މީޓަރު ދިގު)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 ޖަނަވަރީ 2016 ވާ (އާދީއްތަ) ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަންގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2016 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަހަޅަންވާނީވެސް މިއެޑްރެހަށެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ދެވަނަ ފަންގިފިލާ

މަޖީދީމަގު

ޕޯސްޓަލްކޯޑް:20161

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3000584  

ފެކްސް ނަންބަރު: 3000584 

1 ރަބީޢުލްއާޚިރު 1437

11 ޖަނަވަރީ 2016