ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)212-H/212/2026/16
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 09 ޖޫން 2026 13:00
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ ރޭންކް -7، ސްޓެޕް - 1 J-448099

  ނަންބަރު: (IUL)212-H/212/2026/16

އިޢުލާނު

 

މަޤާމު:

ލީގަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-448099

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް / ކ.މާލެ

މުސާރަ:

މަހަކު 12870/-ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 6005/- ރުފިޔާ

އެހެނިހެން އެލަވަންސް:

ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް  160/- ރުފިޔާ 

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބަންދުގައި ތިބޭ ކުދިންގެ ޙާލަތު ގަވައިދުން މޮނިޓަރކުރުމާއި، ޙާލަތު އިޞްލާޙުކުރުމަށް ކަމާއިބެހޭ ޑިޕާޓްމަންޓްގެ ސެކްޝާންތަކުގެ އިތުރުން މުއައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ޙާލަތު މޮނިޓަރކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަރކުރެވޭނެ ނިޒާމެއް އެކުލަވާލައި ގަވާއިދުން މޮނިޓަރ ކުރުން
  3. މަރުކަޒުތަކުގެ ހަރަކާތްތައް ބަލާ އިންސްޕެކްޓް ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކޮމިޓީ އެކުލަވާލާ އަދި ކޮމެޓީގެ އިދާރީ ކަންތައްތައް ބެލުން
  4. ޑިޕާޓްމަންޓްއިން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނާ ޤަވާޢިދުތައް މުރާޖަޢާކޮށް ގެންނަންޖެހޭ އިޞްލާޙުތައް ހުށަހެޅުން. އަދި މިމަސައްކަތްކުރާއިރު ކަމާގުޅޭ ސެކްޝަންތަކާއި މުއައްސަސާތަކާއި މަޝްވަރާ ކުރުމާއި އަދި ގުޅިގެން މަސައްކަތްކުރުން
  5. ޑިޕާޓްމަންޓްގެ ކޭސް ވޯރކްއާއި ގުޅޭގޮތުން ޕްރޮސީޖަރ މެނުއަލް އާއި އެސް.އޯ.ޕީތައް އެކުލަވާލައި، އާންމުކުރުމާއި، ގަވައިދުން މުރާޖަޢާކުރުމާއި އިސްލާޙުކުރުން.
  6. ޑިޕާޓްމަންޓްގެ ފަރާތުން ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން
  7. ބައިނަލްއަޤްވާމީ މިންގަޑުތަކާއި އަދި ކުޑަކުދިންގެ އަދުލުގެ ޤާނޫނާއި ގަވައިދުތަކުން ބަޔާންކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.
  8. ކުޑަކުއްޖެއްގެ މައްޗަށް އުފުލޭ ޖިނާޢީ ތުހުމަތެއްގެ ދައުވާ ކޯޓަށް ހުށަހެޅިގެން ޝަރީޢަތް ހިންގަން ޤާނޫނީ ވަކީލަކު ޢައްޔަންކުރެވޭ ފަދަ ތަނަވަސްކަމެއް ނެތް ކުއްޖަކުގެ ރިހެބިލިޓޭޝަން ސެކްޝަނުން އެދިއްޖެނަމަ، ދައުލަތުން އެކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖައްސައިދޭން ކުރަންޖެހޭ އެންމެހާ އިދާރީ ކަންތައްތައް ކުރުން. އަދި އެކުއްޖާއަށް ޤާނޫނީ ވަކީލަކު ހަމަޖެހިފައިވާކަން، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން ކަށަވަރު ކުރުމުގެ ގޮތުން އިސްކޮށް ހަރަކާތްތެރިވުން. އަދި މިމަސައްކަތް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ކުރުން.
  9. ކުޑަކުދިންގެ އަދުލުގެ ނިޒާމްއާއިގުޅޭގޮތުން ގަވައިދު، އުސޫލު، ސްޓޭންޑަރޑް އެކުލަވާލުމުގައި ޑިޕާޓްމަންޓްގެ ފަރާތުން ފަންނީ ލަފައާއި މަޝްވަރާދިނުން.
  10. ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ތެރެއިން މަރުކަޒެއްގައި، ނުވަތަ ބަންދުގައި ތިބޭ ކުދިން ހުށަހަޅާ ޝަކުވާތަކާއި، އެޝަކުވާތަކާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔވަޅުތައް އެޅުން.
  11. މަރުކަޒަކާއިގުޅޭގޮތުން ނުވަތަ ކޮމްޕްލެން އައުމުން ދޭންޖެހޭ ލީގަލް ސަޕޯޓް ދިނުން.
  12. ކުޑަކުދިންގެ އަދުލާއި ގުޅޭ އެއްވެސް ޤާނޫނެއް ނުވަތަ ގަވައިދެއް އެކުލަވާލާނަމަ އެކަމާގުޅޭގޮތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  13. ޑިޕާޓްމަންޓްއިން ބަލަމުންގެންދާ މައްސަލައެއްގައި ކުއްޖެއްގެ ޙައްޤަކަށް އުނިކަންލިބޭފަދަ މައްސަލައެއް ސޯޝަލް މީޑިއާގައި ނުވަތަ މީޑިއާގައި ހާމަވެއްޖެނަމަ އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުން.
  14. ޑިޕާޓްމަންޓަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި ހުރިހާ މުވައްޒަފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ މަސައްކަތުގައި އެހީތެރިވުމާއި، ސިވިލް ސަރވިސް ގަވާޢިދުގެ ތެރެއިން އޮފީހުން ޙަވާލުކުރާ އިތުރު މަސައްކަތްތަކާއި ޒިންމާ ތަކުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނާރސް ޑިގްރީ

  1. މަޤާމުގެ ތަޢުލީމީ ރޮނގުތައް:
  2. އެންޓި-ޓްރަސްޓް ލޯ، އާބިޓްރޭޝަން ލޯ ، ޗިލްޑްރަންސް ، ސިވިލް ލޯ ، ސިވިލް ރައިޓްސް ލޯ ، ކޮންޓްރެކްޓް ލޯ ، ކްރިމިނަލް ލޯ ، ސައިބަރ ސެކިއުރިޓީ ލޯ ، އެޑިއުކޭޝަން ލޯ ، އެމްޕްލޯއީމަންޓް ލޯ، ފެމިލީ ލޯ ، ފައިނޭންޝަލް ލޯ ، ހެލްތް ލޯ ، ހިއުމަން ރައިޓްސް ލޯ ، އިންޓަރނޭޝަނަލް ލޯ ، އިސްލާމިކް ލޯ ، ޖުޑީޝަރީ ލޯ ، ލޭބަރ ލޯ ، ލޭބަރ ރިލޭޝަންސް ލޯ ، ލޯ ، މެޑިކަލް ލޯ ، މެންޓަލް ހެލްތް ލޯ ، ޝަރީޢާ ، ޝަރީޢާ އެންޑް ލޯ ، ޓެކްނޯލޮޖީ ލޯ ، ޓްރޭޑް ލޯ ، ޓްރާންސްޕޯޓް ލޯ ، ވުމެންސް ލޯ

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. ޤާނޫނީ ދާއިރާގެ ޢަމަލީ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު)ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09ޖޫން 2026 ވަނަ ދުވަހުގެ  13:00ގެ ކުރިން، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް، ހ.ސަކީނާމަންޒިލް (4 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެޕް (PDF) ފޯމެޓްގައި ފޮނުވުމަށް ދެންނެވީމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ، 10ޖޫން 2026 އާއި 25ޖޫން2026 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް (ހ.ސަކީނާމަންޒިލް، 4 ވަނަ ފަންގިފިލާ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031498 ނުވަތަ 3031488 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ރެކްރޫޓްމަންޓް އުޞޫލު" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

02 ޖޫން 2026