ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2016/05
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި:
17 ޖަނަވަރީ 2016 00:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފުންގެ ބޭނުންކުރާ ވާރކިންގ ޑްރެސް ޔުނިފޯމުގައި ބޭނުންކުރާ ގޮށް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސަރވިސްގެ މުވައްޒަފުން ބޭނުންކުރާ ވާރކިންގ ޑްރެސް ޔުނިފޯމުގައި ބޭނުންކުރާ ގޮށް ހޯދުމަށް ވަނީ ބޭނުންވެފައެވެ. ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުން ފެށިގެން 2016 ޖަނަވަރީ 17 ވާ އާދިއްތަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 ޖަނަވަރީ 17 ވާ އާދީއްތަ ދުވަހުގެ 15:30 ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2016 ފެބުރުއަރީ 03 ވާ ބުދަ ދުވަހުގެ 11:30 މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
- ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައި ގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
07 ޖަނަވަރީ 2016