|
މަޤާމު:
|
ސްޓޭޓް ލީގަލް ސަޕޯޓް ސަރވިސް އޮފިސަރ
|
|
މަޤާމުގެ ނަންބަރު:
|
LSP5-2026-3
|
|
ބޭނުންވާ އަދަދު:
|
01
|
|
މަޤާމުގެ ބާވަތް:
|
ދާއިމީ
|
|
ޕަބްލިކް ސަރވިސް ރޭންކް:
|
05
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސްޓޭޓް ލީގަލް ސަޕޯޓް ސަރވިސް ޕްރޮފެޝަނަލްސް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ބަންޑާރަނައިބުގެ އޮފީސް/ މާލެ
|
|
އަސާސީ މުސާރަ:
|
-/11,290 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
-/4,265 ރުފިޔާ
|
|
ހާޒިރީ އެލަވަންސް:
|
-/135 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
މަޤާމުގެ ޝަރުތުތައް:
|
މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
މަޤާމުގެ މަސައްކަތާއި ގުޅޭ ތައުލީމީ ދާއިރާ:
|
އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސް، ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އެކައުންޓިންގ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
|
- އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތާއި މުދާ، ކަނޑައެޅިފައިވާ މުއްދަތުތަކަށް، ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދާ، ސެކްޝަންތަކާ ޙަވާލުކުރުމާއި، ގިނަ ދުވަސްވެ ލަސްވެފައިވާ ހުންނަ ޕްރޮކިއުމަންޓްތައް ސެކްޝަން ހެޑުގެ ސަމާލުކަމަށް ގެނެއުން.
- އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓަރީ އާއި އިންވެންޓަރީ ބަލަހައްޓައި، ނައްތާލަންޖެހޭ ތަކެތި ގަވާއިދުން ނައްތާލުމުގެ މަސައްކަތްތައް ކުރުން.
- އޮފީހުން ބިޑަށް ހުޅުވާލައި އިޢުލާންތަކާއި މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް، އާންމުކުރުމާއި، މަޢުލޫމާތު ސެޝަން އިންތިޒާމް ކުރުމާއި ބިޑް ބަލައިގަތުމުގެ އެންމެހައި ކަމެއް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިންތިޒާމްކޮށް މަސައްކަތްކުރުން.
- އޮފިހުން ބިޑުތައް ޙަވާލުކުރާ ފަރާތްތަކާއި އެނޫންވެސް މަސައްކަތްތައް ޙަވާލުކުރާ ފަރާތްތަކާއެކު ހަދާ އެއްބަސްވުންތައް ތައްޔާރުކުރުމާއި، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުން ސޮއިކުރުމުގެ އެންމެހައި ކަމެއް ފުރިހަމަކުރުން.
- އޮފީހުގެ ޚިދުމަތުގެ އެއްބަސްވުންތައް ހަދާފައިވާ ފަރާތްތަކުން ގަވާއިދުން ޚިދުމަތް ލިބޭތޯ ޔަޤީންކުރުމާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ނުހިނގާނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ، އެކަން ސެކްޝަން ހެޑުގެ ސަމާލުކަމަށް ގެނެސް، ސެކްޝަން ހެޑުގެ އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.
- އޮފީހުން ހޯދާފައިވާ ތަކެއްޗާއި ޚިދުމަތުގެ ބިލްތަކާއި އިންވޮއިސްތައް މަސައްކަތް ނިމުމުން ލަސްނުކޮށް ހޯދައި، ފައިސާ ދެއްކުމަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ބަޖެޓް ސެކްޝަންއާ ޙަވާލުކުރުން.
- އޮފީހުން ގަވާއިދުން ހޯދާ އެކި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން ޚިދުމަތު އައު ކުރުމާމެދު ގޮތް ނިންމުމަށް ސެކްޝަން ހެޑުގެ ސަމާލުކަމަށް ގެނެސް، ސެކްޝަން ހެޑުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
- އޮފީހުގެ ބިޑް ކޮމިޓީގެ ދަފްތަރު ބެލެހެއްޓުމާއި، ކޮމިޓީން މެންބަރަކު ވަކިވެއްޖެ ޙާލަތެއްގައި، އަލަށް ކޮމިޓީ އެކުލަވާލުމަށް ސެކްޝަން ހެޑުއަށް އެހީތެރިވެދިނުން.
- އޮފީހުގެ ބިޑް ކޮމިޓީގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓު ބަލަހައްޓައި، ކޮމިޓީގެ އެޖެންޑާ، ނިންމުންތަކާއި ޔައުމިއްޔާ ގަވާއިދުން ތައްޔާރުކުރުން.
- އޮފީހުގެ ބިޑް ކޮމިޓީގެ ބައްދަލުވުންތަކާއި ނިންމުންތަކާއި އެއާ ގުޅުންހުރި ލިޔުންތައް ދައުލަތުގެ މާލިއްޔަތު ގަވާޢިދާ އެއްގޮތަށް ކުރިއަށް ދާކަން ކަށަވަރުކުރުން.
- އޮފީހުގެ ސްޓޮކަށް ބޭނުންވާ ތަކެތި ގަވާއިދުން ހޯދައިދީ، ލަސްވާ ޙާލަތެއްގައި އެކަން ސެކްޝަން ހެޑުގެ ސަމާލުކަމަށް ގެނެސް، އަވަސް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
- އޮފީހުގެ ޕްރޮކިއުމަންޓް ގެ މަސައްކަތްތައް އޮޑިޓްގެ ކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ބޭނުންވާ މަޢުލޫމާތުތައް ވަގުތުން ވަގުތަށް ފޯރުކޮށްދިނުން.
- އޮފީހުގެ މުވައްޒަފުން ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
އެހެނިހެން މަސްއޫލިއްޔަތުތައް:
- ޤާނޫނަކުން ބަންޑާރަނައިބާ މަތިކޮށްފައިވާ އެހެން މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން އެއްބާރުލައި މަސައްކަތްކުރުން.
- އޮފީހުގެ އެހެން ޑިވިޜަންތަކުގެ މަސައްކަތްތައް، ޙަވާލުކުރާ މިންވަރަކުން، ފަރުވާތެރިކަމާއެކު މަސައްކަތްތައް ކުރުން.
- އޮފީހުން ބައިވެރިކުރާ އެކިއެކި ތަމްރީންތަކާއި ހުނަރު ތަރައްޤީކުރުމަށް ނުވަތަ ސްކްލިކް ޑިވެލޮޕްމަންޓްއަށް ބޭނުންވާ މަސައްކަތްކުރުން.
- އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން، އޮފީސް ހުޅުވައި ލެއްޕުމާއި އޮފީސް ޑިއުޓީ ކުރުން، އަދި ޚާއްސަ ޙާލަތްތަކުގައި، ރަސްމީ އަދި ނުރަސްމީ ގަޑީގައި ޑިވިޜަންގެ އެޓަރނީން އެދޭގަޑިތަކުގައި އޮފީސް ހުޅުވައި ލައްފާ ދިނުން.
- މީގެ އިތުރުންވެސް އޮފީހުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ބަންޑާރަނައިބުގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއެއް. (އެޓެސްޓްކޮށްފައި)
- އެހެން އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- މަޤާމުގެ އަސާސީ ޝަރުތު ހަމަކުރުމަށް ބޭނުންވާ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެޓެސްޓްކޮށްފައި)؛
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛
- ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ
- ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ (އެޓެސްޓްކޮށްފައި):
- ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ މަޤާމާއި ރޭންކް، ކްލެސިފިކޭޝަން، ލިބޭ މުސާރަ އާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
- އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
- އަދާކޮށްފައިވާ މަޤާމާއި، ލިބޭ މުސާރައާއި އިނާޔަތްތައް، ވަޒީފާ އަދާކުރި މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭނެގޮތަށް) އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. އަދި މުވައްޒަފުން ސުޕަވައިޒްކޮށްފައިވާ މަޤާމެއްނަމަ، ސުޕަވައިޒްކޮށްފައިވާ މުވައްޒަފުންގެ ޢަދަދު ބަޔާންކުރުމަށް.
- އުވާލާފައިވާ އިދާރާއެއްނަމަ، މި އޮފީހުގެ ވެބްސައިޓުގައި "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމު" އެ އިދާރާއަކަށް ނިސްބަތްވާ އިސްވެރިއެއް މެދުވެރިކޮށް ފުރިހަމަކުރުމަށް.
7. 18 އަހަރުން ދަށުގެ ކުޑަކުއްޖެއްނަމަ، ބެލެނިވެރިޔާ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ.
- އެޕްލިކޭޝަން އާއި ސަޕޯޓިންގ ޑޮކިއުމަންޓްތައް އީ-މެއިލްކުރަންވާނީ ހުރިހާ ޑޮކިއުމަންޓްތަކެއް ފީޑީއެފް ފޯމެޓްގައި އެއް ފައިލްއަކަށް ހަދާފައެވެ. ޕީޑީއެފް ފޯމެޓް ނޫން އެހެން ފޯމެޓްގައި ހުންނަ ޑޮކިއުމަންޓްތައް ނުވަތަ ވަކިވަކިން އެޕްލިކޭޝަންއާއެކު އީ-މެއިލްކުރާ ޑޮކިއުމަންޓްތައް ބަލައެއް ނުގަނެވޭނެއެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއުއަށް ކިޔުން
|
- މަޤާމުގެ އިންޓަރވިއުއަށް ކިޔާނީ، ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލުގެ ދަށުން ހަމައެކަނި ޝޯޓްލިސްޓްވާ ކެންޑިޑޭޓުންނެވެ.
- އިންޓަރވިއު ބޭއްވޭނީ ޖޫން ނުވަތަ ޖުލައި މަސް ތެރޭގައެވެ. އެހެންކަމުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވެވޭ ގޮތަށް ޝޯޓްލިސްޓްވާ ކެންޑިޑޭޓުން ހުންނަންވާނެއެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި މަޤާމަށް ޕޮއިންޓްދޭނެ މިންގަނޑު 'ބަންޑާރަނައިބުގެ އޮފީހަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމާ ގުޅޭ އުސޫލު' ގައި ހިމަނާފައިވާނެއެވެ.
|
|
|