ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/48
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 04 ޖޫން 2026 13:30
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދުގެ ކުޅިވަރުތަކުގެ ތެރެއިން އަންހެނުންގެ މަސްރޭސް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުން

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކިރާ ކޮމެޓީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރެއިން އަންހެނުންގެ މަސްރޭސް ސްޕޮންސަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސްރޭހުގެ މެއިން ސްޕޮންސަރ ނަންގަވާ ފަރާތަށް މަސްރޭހުގައި ބާނާ މަސްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 3500.00 ރުފިޔާއެވެ.

ވީމާ، މި މުބާރާތް ސްޕޮންސަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި ކައުންސިލަށް ވަޑައިގެން ސިޓީ ނުވަތަ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް ހުށަހަޅާ ފަރާތްތަކުން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv  މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ޖައްސަވަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ޖޫން 2026