ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2026/23
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:55
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވިޔަފާރީގެ ބޭނުމަށް ރަށުގެ އެކި ސަރަހައްދުތައް ބޭނުންކުރުމާއި ގުޅޭ
ކައުންސިލުން ހުއްދަ ނުހޯދައި، ގޯތީގެ ބޭރު ސަރަހައްދުތައް ވިޔަފާރީގެ ބޭނުމަށް، މުދާ ބެހެއްޓުމަށް ނުވަތަ އެހެންވެސް ވިޔަފާރީގެ މަޤްސަދުތަކަށް ބޭނުންނުކުރުމަށް ދަންނަވަމެވެ.
ވީމާ، ގޯތީގެ ބޭރުން ސަރަހައްދެއް އެއްވެސް ވިޔަފާރިއެއްގެ ބޭނުމަށް ބޭނުންކުރަން ބޭނުންވާނަމަ، ޤާނޫނާއި ގަވާއިދުގެ މަތިން ކައުންސިލުން ހުއްދަހޯދުމަށް އެދި ދަންނަވަމެވެ.
01 ޖޫން 2026