ކުއްޔަށް ދިނުން
ނަންބަރު: (IUL)420-PM/242/2016/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 24 ޖަނަވަރީ 2016 10:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޞިނާޢީ ސަރަޙައްދު 4 ނަންބަރު ބިން ކުއްޔަށް ދޫކުރުން

އިޢުލާން

  • ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން ކުއްޔަށް ދޫކުރުން.

ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާއެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖަނަވަރީ 2016 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަންބަރު: 6840016 ފޯނާ ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.  

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ޞިނާޢި ސަރަޙައްދުގެ 4 ނަންބަރު ބިން މިހާރު ތަނުގައި ހުރި ޢިމާރާތްތަކާއެކު  

4000 އަކަފޫޓު

-/800 ރުފިޔާ

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފުސީލު

1- ނަންބަރު ކޮޓަރި 16x9 ފޫޓުގެ, އެތެރޭގައި ސިމެންތިޖަހައި، ތަޅުންއަޅައި، ތަޅުމުގައި މުށިޖަހައި، ރެއިންބޯ ދޮރުފަތެއް ހަރުކޮށްފައި, ތަޅު ހަލާކުވެފައި, އަދި މިކޮޓަރީގެ ތެރޭގައި  ½5 xފ½4 ގެ ފާޚާނާއެއްގެ ތަޅުމުގައި މުށިޖަހައި، ފާޚާނާގެ ތަށްޓާއި ދޮރުފަތް ރަނގަޅު، ތަޅު ހަލާކުވެފައި ( އެއްވެސް ސޮކެޓެއް އަދި ސްވިޗެއްނެތް ) ނޯޓް: މިކޮޓަރީގެ ހުޅަނގު ދެކުނު ކަންމައްޗަށްވާގޮތަށް ރެނދެއް އަޅައި ވަނީ ކަނޑައިގެންގޮސްފައެވެ.

2- ޢިމާރާތް 20x54.58 ފޫޓުގެ (އެތެރޭގައި 3 ކޮޓަރި ހިމެނިފައި) އެޅިގަލުން ރާނައި، ސިމެންތިޖަހައި، ޖަންގަލީ ލަކުޑިއާއި ރުއްވަކަރުން މަތިވަޑާން އަރުވައި، ދަގަނޑުޓިނުން ހިޔާކޮށްފައި.

1- ކޮޓަރި 20x19.08 ފޫޓުގެ، އެތެރޭގައި (6x7 ފޫޓުގެ ފާޚާނާއަކާއެކު) އެތެރޭގައި ސިމެންތި ޖަހައި، ތަޅުންއަޅައި. ތަޅުމުގައި މުށިޖަހާފައި، ދޮރުފަތެއްނެތް އަދި އެތެރޭގައި އެއްވެސް އެއްޗެއްނެތް.

1- ކޮޓަރި 20x20.25 ފޫޓުގެ، އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި، ތަޅުންއަޅާފައި، ދޮރުފަތެއްނެތް.

1- ކޮޓަރި 12x20 ފޫޓުގެ، އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި، ތަޅުންއަޅާފައި، ދޮރުފަތެއްނެތް.

1- ފެންވަޅު 4 ފޫޓު ޑައިމީޓަރުގެ (ގޯތިތެރޭގައި)

2- ޓޭންކް 4x7.5 ފޫޓުގެ އުސް 3 ފޫޓު، އެތެރޭގައި މުށިޖަހާފައި ގޯތިތެރޭގައި.

1- ޓޭންކް މަސްދޮންނަބަޔާއެކު 4x11 ފޫޓުގެ އެތެރޭގައި މުށިޖަހާފައި

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރުމަށް ގަސްތުކޮށްފައިވާގޮތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ކުލި، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފުސީލު ހުށަހަޅުއްވަންވާނެއެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭނެ ކަންތައްތައް

1- ލުއިކާނާގެ ބާވަތްތަކުގެ ކާބޯތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް.

  • އިޖުތިމާއީގޮތުން ވެދެވޭ ޢިނާޔަތް

މިބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަންކަމަށް މަދުވެގެން މަހަކު -/1000 ރުފިޔާ ކައުންސިލަށް ދައްކަންޖެހޭނެއެވެ.

  • ބިން ތަރައްޤީކުރުން

ރަތަފަންދޫ ޞިނާޢީ ސަރަޙައްދުގެ 1 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިން ކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭގައި ބިމުގެ ވަށާފާރު ރޭނުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން އަޅައި ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރުދުވަހުގެ ތެރޭގައި 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނައި ނިންމަންޖެހޭނެއެވެ.

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާފައިސާ     ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިންކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ ބިމުގެކުއްޔާއި،އިޖުތިމާޢީ ކަންކަމަށް    ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސް ދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެ އެވެ.  

  • ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

1- ރަޖިސްޓަރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ، އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ

1- ކޮމްޕެނީ ޕްރޮފައިލް

  • މިއިދާރާއިން ބަލާނެ ކަންތައްތައް

1- ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

  • މާކްސް ދެވޭގޮތުގެ ތަފުސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފުސީލު

ހުށަހަޅަ މަހުކުއްޔަށް

50%

  • ހުށަހަޅާ މަހުކުއްޔަށް ދެވޭ މާކްސް
  • މި މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކުރުމަށް ގޯތީގެ ވަށާ އިންފާރު ރޭނުން    

10%
  • ބިމުގެ ވަށާ އިންފާރު 2 ފޫޓު އުސްމިނަށް ރޭނުން    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

40%

  • އިޖުތިމާޢީ ކަންކަމަށް ދެވޭ ޢިނާޔަތު    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާފައިވާ އެންމެބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

26 ރަބީޢުލްއައްވަލް 1437

06 ޖަނަވަރީ 2016