ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)231-AH/231/2015/65
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 14 ޖަނަވަރީ 2016 12:30
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަލާމް ލޯންޗަށް މާލެއިން ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގެ "ސަލާމް" ލޯންޗަށް މާލެއިން ޕެޓްރޯލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ "ސަލާމް" ލޯންޗް ފާދިއްޕޮޅާއި މާލެއާ ދެމެދު ކުރާ ފެރީ ދަތުރުތަކުގައި ލޯންޗަށް ބޭނުންވާ މިކްސް ނުކުރާ ޕެޓްރޯލް މާލެއިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ޕެޓްރޯލް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ޑޮކިއުމަންޓް ބައްލަވައިގެން، ބިޑް ހުށަހެޅުއްވުން އެދެމެވެ. 

ބިޑް ޑޮކިއުމަންޓްސް ވިއްކުން

07 ޖަނަވަރީ 2016  (ބުރާސްފަތި) ދުވަހުން ފެށިގެން 14 ޖަނަވަރީ 2016 (ބުރާސްފަތި)  ދުވަހަށް

ހެނދުނު 8:30 އިން 12:30 އަށް (ރަސްމީގަޑީގައި) ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

ޕްރީބިޑް މީޓިންގ

 10 ޖަނަވަރީ 2016 (އާދީއްތަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

ބިޑް އޯޕަން މީޓިންގ

17 ޖަނަވަރީ 2016 (އާދީއްތަ) ދުވަހުގެ 11:30 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާ އެވެ.

ބިޑް ހުށަހެޅޭނީ ބިޑް ގަތް ފަރާތެއްގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

31 ޑިސެންބަރު 2015