މަސައްކަތް
ނަންބަރު: 137 –IU/PR/2016/02
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 13 ޖަނަވަރީ 2016 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ސިސްޓަމެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރާ މަލްޓިޕަރޕަސް ކޮންފަރެންސް ހޯލުގައި (Daikin) ވީ.އާރ.ވީ އެއަރކޮންޑިޝަން ސިސްޓަމެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު IU/PR/2015/179-ފ137 އިޢުލާނަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާއިރު، ބޭނުންވާ ރިކުއަރމެންޓުތައް ފުރިހަމަނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

ތަން

ގަޑި

ތާރީޚު (ދުވަސް)

ތަފުސީލު

ކޮންފަރެންސްހޯލް

13:00

13 ޖަނަވަރީ 2016 (ބުދަ)

މަޢުލޫމާތު ސާފުކުރެއްވުމަށް

ކޮންފަރެންސްހޯލް 

13:00 

19 ޖަނަވަރީ 2016 (އަންގާރަ)

އަންދާސީހިސާބު ހުށަހެޅުއްވުމަށް

26 ރަބީޢުލްއައްވަލް 1437

06 ޖަނަވަރީ 2016