ބީލަން
ނަންބަރު: (IUL)322/322/2026/48
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި:
11 ޖޫން 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
• އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި ބެލެހެއްޓުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 02 ޖޫން 2026 ން 04 ޖޫން 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
- މަޢުލޫމާތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2026ވާ އާދިއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. ވީމާ މަޢުލޫމާތު ސާފުކުރެއްވުމަށް އެގަޑިއަށް ކައުންސިލް އިދާރާއަށްދުރުވެ ދެއްވުން އެދެމެވެ.
- ބިޑްގައި ރެޖިސްޓްރީ ވުމަށް އެދޭ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި ހިމަނާފައި ވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ޖޫން 2026 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއާއި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އީމެއިލް: [email protected]
31 މޭ 2026