ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH/IUL/2026/084
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2026
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 04 ޖޫން 2026 13:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް ޑިރެކްޓަރ

 

                                                     `

 

ހުޅުމާލެ ހޮސްޕިޓަލް

 މާލެ، ދިވެހިރާއްޖެ     

                                                                              ނަންބަރު: HMH/IUL/2026/084

އިޢުލާނު

މަޤާމު:

 މެޑިކަލް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-414430     

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާގެ މުއްދަތު:

މަޤާމަށް ޢައްޔަންކުރާ މުއްދަތުން ފެށިގެން 3 އަހަރު ދުވަސް

ޕަބްލިކް ސަރވިސް ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 11، ސްޓެޕް-1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުޅުމާލެ ހޮސްޕިޓަލް /މާލެ

ޝެކްޝަން/ޔުނިޓް

މެޑިކަލް ޑިޕާޓްމަންޓް

މަޤާމުގެ އަސާސީ މުސާރަ:

41,343.00 ރުފިޔާ

މަޤާމު އެލަވަންސް:

23,678.00 ރުފިޔާ

ހާޒިރީ އިނާޔަތް:

641.00 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  މެޑިކަލް ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ ހައިސިއްޔަތުން އެ ޑިވިޝަނުގެ ދަށުގައި ހިމެނޭ ޑިޕާޓްމަންޓްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތްތައް ރާވާ، ބެލެހެއްޓުން

2- ބަލިމީހުންނަށްދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް  ވިލަރެސްކޮށް ބެލެހެއްޓުން

3-  ޑޮކްޓަރުންނާއި އެހެނިހެން ކުލިނިކަލް މުވައްޒަފުންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮންޓިނުއަސް ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތައް ރާވާ ހިންގާނެ އިންތިޒާމް ހަމަޖައްސައި އެޕްރޮގްރާމް ހިންގޭކަން ޔަގީންކުރުން

4-  ޞިއްޙީ ދާއިރާއިން ކަނޑައަޅާފައިވާ މޮނިޓަރިންގ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ޓެކްނިކަލް ލަފާދީ ޑޮކިއުމެންޓްތައް ރިވިއުކޮށް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން.

5-  ހޮސްޕިޓަލްއިން ކުރިއަށްގެންދާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި އެދިރާސާތަކުގެ އަލީގައި ޚިދުމަތްތައް ރަނގަޅު ކުރުމަށް ޗީފް އެގްޒެކެޓިވް އޮފިސަރއަށް ލަފާދިނުން.

6-  ކުލިނިކަލް އޭރިޔާތަކުގެ މަސައްކަތްތައް ހިންގާނެގޮތުގެ ޢާއްމު އުޞޫލުތައް (ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ) ތައްޔާރުކުރުމާއި އަދި އެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތްތައް ބެލެހެއްޓުން. 

7-  ބަލިމީހުންނަށް ފަރުވާ ދިނުމުގައި މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭ އިން ހައްދަވާފައިވާ ގައިޑްލައިންތަކާއި މެޑިކަލް އޮފިސަރުން އަދި ހެލްތް ޕްރޮފެޝަނަލްސްގެ ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން މެޑިކަލް ޑިޕާރޓްމަންޓްގެ މުވައްޒަފުން އަމަލުކުރަމުންދޭތޯ ބެލުން.

8- ޑޮކްޓަރުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއެކު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން އަދި ޑޮކްޓަރުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން 

9-  އަލަށް ވަޒީފާއާއި ގުޅޭ ޑޮކްޓަރުންގެ ޕްރޮބޭޝަން މުއްދަތުގައި އެ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮބޭޝަން ރިވިއު ފޯމް ފުރިހަމަކޮށް އެޗް.އާރ އަށް ފޮނުވުން

10-  ކޮންޓްރެކްޓްގެ ދަށުން މަސައްކަތްކުރާ ޑޮކްޓަރުންގެ ކޮންޓްރެކްޓް އާކުރުމަށް ނުވަތަ ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ބޭނުންވާ ފޯމް، އެޗް.އާރ އިން ދޭ ލަފައާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ މުއްދަތުގައި ފުރިހަމަކުރުން

11-  ޑޮކްޓަރުންގެ އިންޗަރޖްގެ ހައިސިއްޔަތުން އަލަށް ރެކްރޫޓްކުރެވޭ ޑޮކްޓަރުންނާއި އިންޓަރވިއުކުރުމަށް އިންޓަރވިއު ޕެނަލްގައި ބައިވެރިވުން

12-  ޑޮކްޓަރސް އިންޗަރޖްގެ ހައިޘިއްޔަތުން ޑޮކްޓަރުންނާއި ގުޅުންހުރި އެންމެހާ ކަންތައްތައް ކުރުން

13-  މެޑިކަލް ލީގަލް ކޭސްތަކުގައި ކޯޓަށް ބޭނުންވެއްޖެ ވަގުތެއްގައި ކޯޓަށް ހާޒިރުވުމާއި ކޯޓަށް ހާޒިރުވާންޖެހޭ އެހެން ޑޮކްޓަރުންނަށް ދޭންޖެހޭ އިރުޝާދުދީ އެހީތެރިކަން ފޯރުކޮށްދިނުން

14-  ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

15-  ހޮސްޕިޓަލުގެ ކޮމިޓީއަކަށް އައްޔަނު ކުރެވިއްޖެނަމަ، މެމްބަރެއްގެ ހައިސިއްޔަތުން ކޮމިޓީގައި އަމަލީގޮތުން މަސައްކަތްކުރުން

16-  އެހެނިހެން މުވައްސަސާތަކުން އިންތިޒާމް ކުރާ ޖަލްސާ، ވޯރކްޝޮޕް އަދި އެހެނިހެން ބައްދަލުވުންތަކުގައި ހުޅުމާލެ ހޮސްޕިޓަލް ތަމްސީލުކުރުން.

17-   ކްލިނިކަލް ޑިޕާޓްމަންޓުތަކުގެ މަސައްކަތްތައް ސުޕަވައިޒްކޮށް، އެ ތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.

18-  ހޮސްޕިޓަލުން އަލަށް ތަޢާރަފްކުރަންޖެހޭ ޚިދުމަތްތަކާއި، އިތުރަށް ތަރައްޤީކުރަން ބޭނުންވާ ޚިދުމަތްތައް ދެނެގަނެ، އެކަންކަމާ ގުޅޭ ފަންނީ މަޝްވަރާ ދިނުމާއި، އެ ޚިދުމަތްތައް ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުމާއި ހިންގުން.

19-  ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަމާ ގުޅޭގޮތުން ސީ.އީ.އޯ އަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން.

20-  މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިނގާ އެހެނިހެން ހޮސްޕިޓަލުތަކާ ގުޅިގެން، ޚިދުމަތްތަކުގެ ފެންވަރު އެއްމިންގަނޑެއްގައި ހިފެހެއްޓުމަށާއި، ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

21-  ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި،
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ، މަގާމުގެ މަސައްކަތްތަކާގުޅުންހުރި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ ދަށް ނޫން، ސްޕެޝަލިޓީ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި،
  3. މަދުވެގެން 10 އަހަރު މެޑިސިންގ ޕްރެކްޓިސްކޮށްފައިވުން. އަދި،
  4. ޞިއްޙީ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހު ހިންގުމުގެ މަސްއޫލިއްޔަތު އެކުލެވޭ ޒިންމާއެއް އަދާކޮށްފައިވުން

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް:

  • ޖެނެރަލް މެޑިކަލް ކޮލިފިކޭޝަން (އެލޯޕެތިކް މެޑިސިންގ)
  • ސްޕެޝަލިސްޓް/ ސަބް-ސްޕެޝަލިސްޓް  މެޑިކަލް ކޮލިފިކޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ހެލްތު ސާރވިސަސް
  • ޖެނެރަލް މެޑިކަލް ޑޮކްޓަރ
  • ހެލްތު މެނޭޖްމަންޓް
  • ސްޕެޝަލިސްޓް މެޑިކަލް ޑޮކްޓަރ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މުއްދަތު ހަމަނުވާ ލައިސަންސް، ރެޖިސްޓްރޭޝަން އަދި އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ލިޔުން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

މަޤާމަށް ކަނޑައަޅާފައިވާ ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

 

 

  

 

 

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖޫން 2026 ގެ 13:00 ގެ ކުރިން، ހުޅުމާލެ ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 07 ޖޫން 2026 އާއި 30 ޖޫން 2026 އާ ދެމެދު، ހުޅުމާލެ ހޮސްޕިޓަލްގެ ކޮވެލި ބިލްޑިންގްގެ 04 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގެ އާންމު އިޢުލާން ބައިގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ..

 

31 މޭ 2026