ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ސެކްޝަން: |
އެޑްމިން ސެކްޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ރޭންކް: |
GS 3 |
މަޤާމުގެ ޝަރުޠު: |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒިފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1. ސެކްޝަނަށް އަންނަ ތަކެތީގެ އެންޓްރީ ރެކޯޑްކޮށް ލިބުމުން ވެރިއެއްގެ ލަފަޔާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެޅުނު ފިޔަވަޅު އެންޓްރީގައި ރެކޯޑްކުރުން. 2. ކޮންމެ ދުވަހަކު، އެ ދުވަހަކު ބާއްވަން ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހުގެ ޝެޑިޔުލް ތައްޔާރުކޮށް، އަޕްލޯޑްކޮށް، އެ ލިބެންވާ ފަރާތްތަކަށް ހެނދުނު ހެނދުނާ ރައްދުކުރުން. 3. ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްވެގެންނާއި، މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކާބެހޭ އެންމެހައި މަސައްކަތް ކުރުމާއި، ޝަކުވާތަކުގެ ރެކޯޑް ބެލެހެއްޓުން. 4. ސެކްޝަނުން އެކިއެކި ފަރާތްތަކަށް ފޮނުވާ ސިޓީއާއި ނޯޓް ފަދަ ތަކެތި ލިޔެ އޮފީސްތަކަށް ފޮނުވުން. 5. ސެކްޝަންގެ ލިއެކިއުންތައް ތަރުތީބުކޮށް ބެލެހެއްޓުން. 6. ސެކްޝަންގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. |
މުސާރަ: |
-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަފަސްދޮޅަސް ފަސްރުފިޔާ) |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ) އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި -/2850 ރުފިޔާއާއި، ހަމަޖެހިފައިވާ އުޞޫލުން ޖުޑިޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %45 އާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު. 2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ސެޓްފިކެޓެއް ވަޒީފާއަށް އެދޭފޯމާ އެކު ހުށަހަޅާނަމަ، ހުށަހަޅާނީ ޓްރާންސްކްރިޕްޓާއެކު އެކްރެޑިޓްކޮށް ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީއެވެ.) 3. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރުދުވަހުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެނގޭނޭ އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 6. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން) 7. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ނަމާއި، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް) މިފަދަ ލިޔުމެއްގެގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓެއް ނުދެވޭނެއެވެ. 8. ޝަރުޢީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ، ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، ހާޒިރީ ރިޕޯޓާއި، މުވައްޒަފުގެ އުޅުމާއި އަޚުލާގު އެނގޭފަދަ ލިޔުމެއް ހުށަހެޅުން (މިހާރު ހައިކޯޓުގައި މަސައްކަތްކުރަމުންދާ މުވައްޒަފެއްނަމަ މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.) 9. ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މި ވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދެނޭކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުން ހުށަނާޅާ ފަރާތްތަކުގެ އެޕްލިކޭޝަންތަކަށް ޢަމަލު ނުކުރެވޭނެއެވެ. |
ޕޮއިންޓް ދެވޭގޮތް: |
- ލިބިފައިވާ ތަޢުލީމާއި ތަމްރީން %40 - ލިބިފައިވާ ތަޖުރިބާ - ލިބިފައިވާ ހުނަރާއި، ފެންވަރާއި، ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު (ޓެސްޓާއެކު) %40 - މަސައްކަތުގެ ފެންވަރުބެލުން (މި ބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) - މުވައްޒަފުގެ ހާޒިރީ (މި ބަޔަށް ޕޮއިންޓްދެވޭނީ ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5 - މުވައްޒަފުގެ މަސައްކަތުގެ އުޅުމާއި އަޚުލާޤު (މި ބަޔަށް ޕޮއިންޓްދެވޭނީ، ޝަރުޢީ ދާއިރާގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.) %2.5 |
ނޯޓު: |
|
ސުންގަޑި: |
2016 ޖަނަވަރީ 24 ގެ 15.00 ގެ ކުރިން. |
އިތުރު މަޢުލޫމާތު: |
- ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމު، ހައިކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓް www.highcourt.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. - އިތުރު މަޢުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
27 ރަބީޢުލްއައްޥަލް 1437 |