ދިވެހިރާއްޖެ
އިޢުލާން
ވާދެމުމުގެ މުބާރާތް އަންހެން އަދި ފިރިހެން ކެޓަގަރީ އަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލުން
ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި، ތިމަރަފުށީ އެކުވެރިންގެ އާރޫޙް އިންތިޒާމްކޮށްގެން "ވާދެމުމުގެ މުބާރާތް އަންހެން އަދި ފިރިހެން ކެޓަގަރީ" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިދާރާއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ޓީމް ލިސްޓާއެކު ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ނަން ނޯޓުކުރެއްވުމަށްޓަކައި ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، (ފޯން: 9970390) އަށް މެސެޖު ކުރެއްވުން އެދެމެވެ.
މި މުބާރާތްތަކުގައި ބައިވެރިވެވޭނީ ތިމަރަފުށީގައި ހިންގަމުންދާ، މުއައްސަސާތަކަށާއި އަދި ރަޖިސްޓްރީކޮށްފައިވާ ކުލަބް އަދި ޖަމްއިއްޔާތަކަށެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ 24 މެއި 2026 ގެ ރޭގަނޑު 22:00 އެވެ.