ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-207/IUL/2016/01
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 19 ޖަނަވަރީ 2016 14:00
މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)                  

މުސާރަ: -/3،100 ރުފިޔާ                      

ސަރވިސް އެލަވަންސް: -/1،000 ރުފިޔާ            

ވަޒީފާ އޮތް އޮފީސް: ގދ. މަޑަވެލީ ސްކޫލް

މަޤާމުގެ ގިންތި: ވަގުތީ (3 މަސްދުވަހަށް)

ވަޒީފާ އަދާކުރާ ތަން: މަޑަވެލީ ސްކޫލް  

މި ސްކޫލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ސްކޫލުގެ އިމާރާތްތަކާއި ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ހަވާލުކުރެވިފައިވާ ތަންތަނުގެ ސާފުތާހިރުކޮށް ބެލެހެއްޓުން.

- ސްކޫލުގެ ކްލާސްރޫމްތައް ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުޑަދޮރުތަކާއި، ފެންލައިޓްތަކުގެ ބިއްލޫރި ސާފުކުރުމާއި، ކްލާސްތަކުގެ ގޮނޑިއާއި ޑެސްކުތަކާއި ބޯޑުތަކާއި ޑަސްބިން ސާފުކުރުން.

- ފިކްސްޗާސްގެ ހާލަތު ބަލައި ޗެކްކޮށް ރިޕޯޓްކުރުން.

- ސްކޫލުގެ ފާޚާނާތައް ދުވާލަކު ދެފަހަރު ސާފުކޮށް ބެލެހެއްޓުން.

- ސްކޫލުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކަށް ތަން ތައްޔާރުކުރުމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމާއެކު، ގިނަވަގުތު މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު އޮންނާނީ ގދ. މަޑަވެލީ ސްކޫލުގައެވެ. އިންޓަވިއު ކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު ބޭއްވޭނެ ތަނާއި، އިންޓަވިއު ކުރުން އޮންނަ ތާރީޚާއި ގަޑި، އިޢުލާނަށް މުއްދަތުހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި މި ސްކޫލުން އަންގާނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv އިން އަދި މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، 2016 ޖަނަވަރީ 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މި ސްކޫލުގެ އޮފީހަށެވެ. 

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަޑަވެލީ ސްކޫލުގެ 7983090 ނަންބަރު ފޯނަށް ނުވަތަ 9977655 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވާނެ ގޮތް:

މަޤާމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް އިންޓަވިއު ބޭއްވުމަށްފަހު، ކަނޑައެޅިފައިވާ މިންގަޑުތަކަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލް ފަރާތްކަމުގައި ހަމަޖެއްސޭނެއެވެ.

26 ރަބީޢުލްއައްޥަލް 1437

06 ޖަނަވަރީ 2016