ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2026/103
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 21:00
ސުންގަޑި: 30 މޭ 2026 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސޭލްސް އެގްޒެކެޓިވް

މަޤާމް

ސޭލްސް އެގްޒެކެޓިވް

މަޤާމުގެ ރޭންކް

L8 – E1 (T)

ބޭނުންވާ އަދަދު

02

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ސޭލްސް އެންޑް ކޯޕަރޭޓް ސަރވިސް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

 -/7،200 ރުފިޔާ

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓުފިކެޓެއް ހާސިލް ކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ހުރުން؛ ނުވަތަ
  • ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން "ސީ" ފާސް ލިބިފައިވުމާއިއެކު 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތްކޮއް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޗެނަލްތަކުގެ އިޝްތިހާރު ޝެޑިއުލް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް؛
  • މަންތްލީ ބިލިންގ ރިޕޯޓް ތައްޔާރުކޮށް ކަމާގުޅޭ ޑިޕާޓްމަންޓްތަކާ ހަވާލުކޮށް އެކަންކަމުގެ އަޕްޑޭޓް ބެލެހެއްޓުން؛
  • ޕަބްލިކް ސާރވިސް މީޑިއާއިން އުފައްދާ ޕްރޮގްރާމްތަށް ވިއްކުމުގެ މަސައްކަތް ކުރުން؛
  • ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން؛
  • ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތަކުގެ ޑިޖިޓަލް ކޮޕީ ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިއުންތައް ސްޕަވައިޒަރުގެ ލަފާގެމަތިން ފައިލްކޮށް، ރައްކަތެރިކަމާއެކު ބެލެހެއްޓުން؛
  • ޑިޕާޓްމަންޓްގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން؛
  • ޑިޕާޓްމަންޓުން ރާވައި އިންތިޒާމުކުރާ އެންމެހައި އިވެންޓްތަކާއި / ޕްރޮޖެކްޓްތަކާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން؛
  • ހަވާލުކުރެވޭ މަސައްކަތްތަކުގެ އަޕްޑޭޓް ޤަވާއިދުން ސްޕަވައިޒަރާއި ޙިއްސާކުރަމުން ގެންދިއުން؛
  • ކުންފުނީގެ ޖެނެރަލް އެޑްމިންގެ މަސައްކަތްތައް ޢަމަލީގޮތުން ކުރުން؛
  • އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް މެމޯތަކާއި ލިޔުންތައް، އެކުލަވައިލުމާއި އިސް މުވައްޒަފަކު ޗެކްކުރުމުން އެޕްރޫވްކޮށް ސޮއިކުރުވައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
  • ކުންފުނިން ބަލަހައްޓަންޖެހޭ ޑާޓާތަކާއި ރެކޯރޑްތައް އެއްކުރުމާއި ބެލެހެއްޓުމާއި އެ މަޢުލޫމާތު ބޭނުންކޮށްގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ސްޕަވައިޒަރގެ ލަފައާއެކު ތައްޔާރުކޮށް، ލިބިދޭންޖެހޭ ފަރާތްތަކަށް ލިބިދިނުމުގެ ޢަމަލީ މަސައްކަތްކުރުން؛
  • ކުންފުނިން އެކި ފަރާތްތަކަށް ހުށައަޅަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ސޭލްސް އެންޑް ކޯރޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި މަޢުލޫމާތުތައް ތައްޔާރުކުރުމާއި ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެ ތަކެތި ލިބިދިނުން؛
  • ވައިގެ ދަތުރުތަކާއި ކަނޑުދަތުރުތަކަށް ބޭނުންވާ ޓިކެޓް ބުކްކުރުމާއި ޓިކެޓް ނެގުމާއި ވިސާ ހެއްދުމާއި އިންސުރެންސް ކުރުމާއި ދަތުރުކުރާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމާއި މީހުން ރިސީވްކުރުމާއި އެކަމަޑޭޝަން ހަމަޖެއްސުމާއި ފުރުވުން ފަދަ ކަންކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވުން؛
  • ކުންފުނީގެ ސެންޓްރަލް ސްޓޮކް ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުޞޫލުން ތަކެތި ދޫކުރުމާއި ސްޓޮކުގެ ރިޕޯރޓްތައް ތައްޔާރުކުރުމާއި މަދުވާ ތަކެތި އަލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • އެކި ކަންކަމަށް ތައްޔާރުކުރަންޖެހޭ ރިކްއެސްޓްތައް ތައްޔާރުކުރުމާއި ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ފޮނުވުމާއި އަޕްޑޭޓްތައް ބަލައި، ސްޕަވައިޒަރަށް މަޢުލޫމާތު ދިނުމާއި އެ ރިކްއެސްޓްކުރި ޚިދުމަތެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • ކުންފުންޏާއި އެކި ފަރާތްތަކާމެދު ކުރަންޖެހޭ މުޢާމަލާތުތައް ކުރުމާއި އެކަންކަމުގައި ބޭނުންވާ އެހީތެރިކަން ލިބިދިނުން.
  • މެހުމާންދާރީ އަދާކުރުމުގައި ޢަމަލީގޮތުން ބައިވެރިވާންޖެހޭ ޙާލަތުގައި އެކަން ކުރުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
    • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
    • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
    • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މަޤާމަށް އެދިލައްވާ ފަރާތްތަކުން 30 މެއި 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207 އާއި 3000368 ނަންބަރަށް ގުޅުއްވުން އެދެމެވެ.

21 މޭ 2026