ޢާންމު މަޢުލޫމާތު
ނަންބަރު: IL-298/2015/57
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:05
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގޯތި ފޯމާއެކު ހުށަހަޅަން ޖެހޭ ސަރުކާރުގެ ބައެއް އިދާރާތަކުން ހޯދަންޖެހޭ ލިޔުންތަކާ ބެހޭ
އިޢުލާނު
ގޯތި ފޯމާއެކު ހުށަހަޅަން ޖެހޭ، ސަރުކާރުގެ ބައެއް އިދާރާތަކުން ހޯދަން ޖެހޭ ލިޔުންތަކާ ބެހޭ
ރ. އަލިފުށިން 2015 ވަނަ އަހަރު 45 ގޯތި ދޫކުރަން މި އިދާރާއިން ކޮށްފައިވާ ނަންބަރު IL-298/2015/53 ގެ އިޢުލާނާ ގުޅިގެން ދޫކުރަމުން ގެންދާު ފޯމުގައި ފޯމާއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ، ސަރުކާރުގެ ބައެއް އިދާރާތަކުން ހޯދަން ޖެހޭ ލިޔުން ހޯދުމުގައި ރަޢިއްޔަތުންނަށް ދިމާވާ ދަތިތައް ކުޑަ ކުރުމުގެ ގޮތުން، އެ ފޯމުގައިވާ ސަރުކާރުގެ ދާއިރާތަކުން ހޯދައިގެން ހުށަހަޅަން ޖެހޭ ލިޔުންތައް ފޯމާއެކު ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ.
މި ގޮތަށް ހަމަޖެއްސުމާ ގުޅިގެން މި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މި ކައުންސިލުން ކަމުގައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
20 ރަބީޢުލްއައްވަލް 1437
31 ޑިސެންބަރު 2015