މަސައްކަތް
ނަންބަރު: GIL/IUL/2016/02
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 14 ޖަނަވަރީ 2016 11:00
ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅުގެ ވެލުއޭޝަން ހެދުން

އިޢުލާން

ގުޅިފަޅުގެ ވެލުއޭޝަން ހެދުން

މިކުންފުނީގެ ދަށުން ހިންގާ ގުޅިފަޅުގެ ވެލުއޭޝަން ހައްދަވައިދެއްވާނޭ ފަރާތެއް ހޯދުމަށް 02 ޑިސެންބަރު 2015 ގައި ކުރެވުނު އިޢުލާން (ނަންބަރު GIL/IUL/2015/83) އާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ވެލުއޭޝަން ހައްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، އެފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2016 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި މި އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 19 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ.

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮފީހުގެ ނަންބަރު 3016630 ފޯނާ ގުޅުއްވުން އެދެމެވެ.

07 ޖަނަވަރީ 2016