މަސައްކަތް
ނަންބަރު: (IUL)142-A5/142/2025/117
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 02 ޖޫން 2026 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
މާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަޤްފު ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަޤްފު ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް،ކުރެހުންތަކާއި،ބީއޯކިޔު،ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

މާލޭގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަޤްފު ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2026 ޖޫން 02  ވާ އަންގާރަ ދުވަހުގެ 00:14 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

https://forms.office.com/r/FY2AaYByLG

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖޫން 08 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2026 ޖޫން 03  ވާ ބުދަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  / 30202523020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

21 މޭ 2026