ދިވެހިރާއްޖެ
މިކުންފުނީގެ އިންޖިނިއަރިން އެންޑް ރެޕެޔާ ޑިވިޝަން (ތިލަފުށި) ސައިޓުގައިވާ (ގާތްގަނޑަކަށް) 10 ޓަނުގެ ބާދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ.
ނީލަން ކިޔުން:
1- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 މެއި 2026 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ފެށިގެން 4 ޖޫން 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގެ ނިޔަލަށް، މިދަންނަވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ނަންނޯޓް ކުރެއްވުންއެދެމެވެ. [email protected]
2- މިތަކެތި ބެއްލެވުމަށް ބޭނުންވެ ވަޑައިގަންނަވާ ފަރާތްތަކުން 7 ޖޫން 2026 ވާ އާދިއްތަ ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށް އެމްޓީސީސީ ތިލަފުށި ސައިޓަށް ވަޑައިގަތުމުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.
3- ނީލަން ކިއުން އޮންނާނީ 9 ޖޫން 2026 ވާ އަންގާރަ ދުވަހު ހެދުނު 10:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޝަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.
4- މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި10,000/-ރ ( ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް 8 ޖޫން 2026 ވާ ހޯމަ ދުވަހު މެންދުރު 13:00 އާއި 15:00 ދެމެދު ޖަމާކުރަން ވާނެއެވެ. 15:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
5- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.
6- ނީލަން ފެށޭނީ ޓަނަކަށް -/1000ރ. (އެއްހާސް ރުފިޔާގެ) ރޭޓުންނެވެ.
7- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/2000ރ. ( ދެހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
8- ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދައްކަވާ ޚަލާސް ކުރަން ޖެހޭނެއެވެ.
9- ނީލަންނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް ގެންގޮސް ނިންމަންވާނެއެވެ.
10- ނީލަން ކުރިޔަށްދާނީ 10 ޓަނު ހަމަވަންދެންނެވެ.
11- މި ނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.