ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-MSID/328/2026/74
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 25 މޭ 2026 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތައް ސާފުކުރުން.

1447 ވަނަ އަހަރު އަޟުޙާ ޢީދު ކައިރިވަމުން އަންނާތީ އާއި ކޮންމެ އަހަރެއްގެވެސް އަޟުޙާ ޢީދަކީ ރަށުން ބޭރުގައި އުޅޭ ރަށުގެ ގިނަ ރައްޔިތުންނާއި ، ރާއްޖޭގެ އެކި ރަށްރަށުގެ ބޭފުޅުން ގިނަ ޢަދަދަކަށް ރަށަށް ޒިޔާރަތްކުރާ މުނާސަބު ވަގުތަށްވާތީ، އަންނަ އަޟުޙާ ޢީދަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ސާފުކޮށް ރީތިކޮށް ބޭއްވުމަށްޓަކައި ކައުންސިލްގެ ޙާއްސަ ހުއްދައިގެ ދަށުން ބެހެއްޓިފައިވާ ތަކެތި ފިޔަވައި ބަނދަރު ސަރަހައްދާއި ގޭގޭދޮށާއި، ގޯތިތަކުގެ މަގުތަކާއި، ގޯޅިތަކުގައި ބެހެއްޓިފައި ހުންނަ ޖޯލިފަތި ތަކާއި ވެލިގޯނިތަކާއި ލަކުޑިފަދަ ތަކެއްޗާއި އަދި މިނޫނަސް މިފަދަ އެންމެހައި ތަކެތި ނަގާ، ވިނަ ހެދިފައި ހުންނަ މަގުތަކާއި ގޯޅިތަކުން ވިނަ ނޮޅާ ސާފުކުރުމާއި، މަގުގޯޅިތަކުގައި ހިނގާބިނގާވެ އުޅޭމީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް ހުންނަ ގަސްތަކާއި، ގޮފިތައް ކަނޑާ 25 މެއި 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ނިންމެވުމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

                   ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުގެ ބޮޑުޢީދަކީވެސް މުޅި ރަށުގެ ކުދިބޮޑު އެންމެން ޝާމިލުވެގެން އެކުވެރިކަމާއި، އެއްބައެއް ވަންތަކަމާއެކު، އެއްރޫޙެއްގައި ފާހަގަ ކުރެވޭ ޢީދަކަށްވާތީ، ރަށުތެރެ ސާފުކުރުމުގައިވެސް ޚާއްޞަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސް ދެއްވުމަށް އެންމެހާ ރައްޔިތުންނަން ދަންނަވަމެވެ.

                   މިދުވަސް ވަރަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގޫ ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ، ފެންހަރުލައި މަދިރި އުފެދޭގޮތަށް ހުރުމަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް އޮތް ސަބަބަކަށްވާތީ، މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި، އަޟުޙާ ޢީދަށް ރަށުތެރެ ޒީނަތްތެރިކުރުމުގެ ގޮތުން މަދިރި އާލާވާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ޙާއްސަ ސަމާލުކަމެއް ދެއްވާގެން ސާފުކުރުމަށްވެސް ދަންނަވަމެވެ. އަދި ބޭނުން ނުކޮށް ހުންނަ ވަޅު ފަދަ ތަންތަން ސާފުކުރުމާއި، މަދިރި  އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމަށް މަސައްކަތް ކުރުމަށް ވަރަށް އިޚްތިރާމާއިއެކު އިލްތިމާސްކުރަމެވެ. މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

                           މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 މޭ 2026