ދިވެހިރާއްޖެ
މިރަށުގައި އައުޓް ޑޯ ޖިމް އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ އެޅުމަށް ހަމަޖެހިފައިވާ ބިމުގައި މަސައްކަތް ފެށުމަށް މިބިންތައް ސާފުކުރުމަށް ބޭނުންވާތީ މި މިބިންތަކުގައި ބަހައްޓާފައި ހުރި އަމިއްލަފަރާތްތަކުގެ ތަކެތި ނެގުމަށް އެތަކެތީގެވެރިންނަށް އަންގަމެވެ.
ވީމާ މިދެންނެވި ސަރަޙައްދުގައި ބަހައްޓާފައިވާ އަމިއްލަފަރާތްތަކުގެ ތަކެތި 26 މެއި 2026 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން އެސަރަހައްދުން ނެގުމަށް އަންގަމެވެ. އަދި މިދެންނެވި މުއްދަތުގައި ނުނަގާ ހުރި ތަކެތި ކައުންސިލްގެ ބެލުމުގެ ދަށުން އެސަރަހައްދުންނަގާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.
ދެންނެވިފައިވާ ދެބިމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ މަސްޖިދުލް ހިދާޔާގެ އިރުން ފުޓްބޯޅަ ދަނޑުގެ ހުޅަނގުން ، ލާމަރުކަޒީ ހިނގުމުގެ ދެކުނުން ވަށާމަގުގެ އުތުރުން އޮތް ހުސް ސަރަހައްދެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.