ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-3A/426/2026/151
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 09:35
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު މަރަދޫގެ ގޭބިސީތަކަށް ބެހުމާ ގުޅޭ

އިޢުލާން

 

ސަޢުދީ ސަރުކާރުން ހަދިޔާކުރެއްވި ކަދުރު މަރަދޫގެ ގޭބިސީތަކަށް ބެހުމާ ގުޅޭ

   1447 ވަނަ އަހަރު ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރެއްވި ކަދުރުގެ ތެރެއިން، މަރަދޫގެ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ ކަދުރު މި އޮފީހަށް މިހާރު ވަނީ ލިބިފައެވެ.

   މި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް، މި އަވަށުގައި މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ވަޑައިގަންނަވާ ތަރުތީބުން، ލިބިފައިވާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓްގެ މަގުންނެވެ.

ކަދުރު ދޫކުރުމަށް ހަމަޖެހިފައިވާ ތަފުސީލު:

  • ތާރީޚު: 21 މެއި 2026 އިން ފެށިގެން
  • ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް
  • ތަން: މަރަދޫ އަވަށު އޮފީސް

   ވީމާ، ކަދުރާ ޙަވާލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، އެ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން މަރަދޫ އަވަށު އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

04 ޛުލްޙީއްޖާ 1447

21 މެއި  2026

21 މޭ 2026