ދިވެހިރާއްޖެ
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ "ޝޮޕިންގ" އުސޫލުން، ޖުމްލަ އަގު -/35,000 (ތިރީސް ފަސްހާސް ރުފިޔާ) އިން ދަށުގެ މި ކައުންސިލަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ވެންޑަރގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ވެންޑަރއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހެޅުމަށް އެދެމެވެ.
ގޫގުލް ފޯމް ލިންކް: https://forms.gle/LYKS486RxBZd31R56
މިކަމުގެ މަޤްޞަދަކީ ވީހާވެސް ގިނަ ވިޔަފާރިތަކަށް މި ކައުންސިލުގެ މަސައްކަތްތަކަށް ނުވަތަ ހޯދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމްކުރުމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528127 އަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.