ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B5/1/2026/78
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 08:31
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ހަވީރީފިނި އެވެ، ކިޔާ ގޯއްޗާއި މ.ހަވީރީއުފާ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ ބާޠިލް ކުރުމާބެހޭ

މ.ހަވީރީފިނި އެވެ، ކިޔާ ގޯއްޗާއި މ.ހަވީރީއުފާ އެވެ، ކިޔާ ގޯތީގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/61,62,63 SC27(2024) އަދި ސިވިލް ކޯޓު ނަންބަރު 2105-CVC-2024 ޤަޟިއްޔާއިން ޝަރީޢަތް ނިންމަވާފައިވާގޮތުގެ މަތިން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށް އެދި މި އިދާރާއަށް ވަނީ ހުށަހަޅާފައެވެ.

ވީމާ، މ.ހަވީރީފިނި އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.19958 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަދި މ.ހަވީރީއުފާ އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު އ.5466 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާޠިލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އަދި ސިވިލް ކޯޓުން ނިންމަވާފައިވާ ޤަޟިއްޔާގެ ޝަރީޢަތް ނިންމަވާފައިވާ ގޮތަށް މ.ހަވީރީފިނި އެވެ، ކިޔާ ގޯއްޗާއި މ.ހަވީރީއުފާ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ އަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެކަން ޢާންމުކޮށް އަންގާ ޢިއުލާންކުރީމެވެ.

21 މޭ 2026