ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-C/381/2026/28
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2026
ޕަބްލިޝްކުރި ގަޑި: 21:49
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗަށް ވާގޮތަށް ހުރި ގަސްތައް ކޮށުމަށް

                                 އިޢުލާން

މަގުމައްޗަށް ވާގޮތަށް ހުރި ގަސްތައް ކޮށުމަށް

    ކުރިއަށް އޮތީ 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ބަންދު ދުވަސްތައް ކަމަށްވާތީ، މިދުވަސްވަރަކީ ރަށުންބޭރުން ގިނަ ފަރާތްތަކެއް ރަށަށް ޒިޔާރަތްކުރާ ދުވަސްވަރަކަށް ވާތީ ދުއްވާ ތަކެއްޗަށް އުނދަގޫވާ ގޮތަށްހުރި ރުއްގަސްތައް ބިމުން ފެށިގެން 8 ފޫޓަށް ކޮށައިދިނުމަށާއި، އަދި ބައްތި  ދަނޑިތަކުގެ ތެރެއަށް ވަދެފައިވާ ރުއްގަސް އެ ބައްތި ދަނޑިތަކުން  ރީތިކޮށް  މަގަށް  އަލިވާގޮތަށް،  24 މެއި 2026  ވާ އާދީއްތަ ދުވަހުގެ ކުރިން ކޮށައި ދިނުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.  އަޟުހާ  ޢީދުގައި  ވަރަށް  ގިނަބަޔަކު  ރަށަށް  ޒިޔާރަތްކުރާއިރު،  ރަށުގެ ސާފު ތާހިރުކަން ފެންނާނީ ހުރިހާ ފަރާތަކުންވެސް އެއްބާރުލުން ދެއްވައި މަސައްކަތް ކޮށްދީގެން ކަމުގައި ދަންނަވަމެވެ.

    އަދި މިމުއްދަތުގެ ތެރޭގައި ނުކޮށާހުންނަ ގަސްގަހާމެދު ހަމަޖެހިފައިވާ އުސޫލުން އަމަލު ކުރަމުން ދާނެވާހަކަ ރައްޔިތުންގެ ސަމާލްކަމައްޓަކައި އަންގައި އިޢުލާން ކުރީމެވެ.

    30 ޛުލްޙިއްޖާ 1447

    20 މެއި 2026

20 މޭ 2026