މުބާރާތް
ނަންބަރު: (IUL)381-D/381/2026/31
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2026
ޕަބްލިޝްކުރި ގަޑި: 19:43
ސުންގަޑި: 25 މޭ 2026 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންޑޭ ބަށިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު (ކުޑަހުވަދޫ ޢީދު ފޯރި 1447)

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާއި، ސަރުކާރުގެ މުއައްސަސާތަކާ، ކުލަބް ޖަމްއިއްޔާތަކާ ގުޅިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި އަންހެނުންނަށް ޚާއްޞަކޮށް "ވަންޑޭ ބަށިމުބާރާތް" ގެ ނަމުގައި ބަށި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބަށިމުބާރާތް  އޮންނާނީ 2026 މެއި 30 ވަނަ ދުވަހުގައެވެ. ފަށާގަޑި ހަމަޖައްސާނީ ޓީމްތައް ބައިވެރިވާ ޢަދަދަށް ބަލައިގެންނެވެ. މުބާރާތް ކުރިޔަށް ގެންދާނީ މަދުވެގެން 3 ޓީމް ބައިވެރިވާނަމައެވެ. މުބާރާތް ކުޅޭނީ ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަން 2017 ޤަވާއިދާއި އެއްގޮތަށެވެ.

           ބަށި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 މެއި 25 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ. ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ހުށައަޅުއްވާނީ ފޯމް ފުރުއްވާލެއްވުމަށްފަހު މިއިދާރާގެ [email protected]  އަށް މެއިލް ކުރައްވައިގެންނެވެ.

           ބަށި މުބާރާތް ނިމުމުން މުބާރާތުގެ ވަނަތަކަށް ޢިނާމް ދެވޭނެއެވެ. މުބާރާތުގައި ހޮވާ ވަނަތަކާއި ވަނަތަކަށް ކަނޑައެޅިފައިވާ ޢިނާމް ޗެމްޕިއަންޓީމް،2000.00ރ ރަނަޕް ޓީމް، 1000.00ރ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާ، 500.00ރ އެންމެމޮޅު ހިފުންތެރިޔާ،500.00ރ އެވެ. މުބާރާތުގައި ބައިވެރިވާންއެދޭ ފޯމް ނެންގެވުމާއި، އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9563965 އަށް ގުޅުއްވުން އެދެމެވެ.

20 މޭ 2026