ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާއި، ސަރުކާރުގެ މުއައްސަސާތަކާ، ކުލަބް ޖަމްއިއްޔާތަކާ ގުޅިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި "މަސްރޭސް 1447" ގެ ނަމުގައި މަސްރޭހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަސްރޭސް އޮންނާނީ 2026 މެއި 28 ވަނަ ދުވަހުގެ 14:00 އިން ފެށިގެން އެދުވަހުގެރޭ 20:00 އަށެވެ.
މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 މެއި 25 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.
މަސްރޭސް ނިމުމުން މުބާރާތުގެ ވަނަތަކަށް ޢިނާމް ދެވޭނެއެވެ. މުބާރާތުގައި ހޮވާ ވަނަތަކާއި ވަނަތަކަށް ކަނޑައެޅިފައިވާ ޢިނާމް ޗެމްޕިއަން ޓީމް، 6000.00ރ ރަނަޕް ޓީމް،4000.00ރ އެންމެ ބަރު މަސް،2000.00ރ އެންމެ ދިގު މަސް،2000.00ރ މުބާރާތުގެ ޤަވާއިދާއި ފޯމް މި އިދާރާއިންނާއި، މިއިދާރާގެ ވެބްސައިޓް kudahuvadhoo.gov.mv އިން ލިބިވަޑައިގަންނަވާނެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7748000 އަށް ގުޅުއްވުން އެދެމެވެ.