ދިވެހިރާއްޖެ
މި ކޯޓުގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކުން
މި ކޯޓުގެ (IUL) 95-PM/95/2026/15 (12 މެއި 2026) ނަންބަރު އިޢުލާނާ ގުޅިގެން 20 މެއި 2026 ވަނަ ދުވަހު ބޭއްވުނު ނީލަން ކިޔުން ފެށޭ ވަގުތު ޖެހިގެން ދިޔައިރުވެސް 3 ފަރާތަކުން ބައިވެރިވެފައި ނުވާތީ އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 03 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 02 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 03 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު 01 (އެކެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
03 ޛުލްޙިއްޖާ 1447
20 މެއި 2026