ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ
މި ސްކޫލްގެ ޕްރިންސިޕަލް ހުންނަވާ ކޮޓަރިއެއް ކުއްޔަށް ހިފުމަށް ކުރި އިޢުލާން: GS-189/IUL/2015/131 ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި، 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް (1 އަހަރުގެ މުއްދަތަށް) މި ސްކޫލަށް ކުއްޔަށް ހިފަން ބޭނުންވެއެވެ.
މި ތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި (ކޮޓަރީގައި ފާޚާނާ ހުރި) ސިޓިންގ ރޫމާއި، ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި، ގޭސްއުނދުން އަދި ހިފައި ގެންގުޅޭ ތަކެތި ހަމައަށް ހުރި އެޕާޓްމަންޓެއް ނުވަތަ ގެއެއް ކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ގެއިން ލިބެން ހުންނަން ޖެހޭނެއެވެ.
ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް މިފަދަ ގެއެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖަނަވަރީ 11 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖަނަވަރީ 14 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.