ޢާންމު މަޢުލޫމާތު
ނަންބަރު: 416-ESMED/416/2026/2
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:12
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބެހުމާބެހޭ!

     1447 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރުގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މަޑަވެލީ ކައުންސިލަށް ފޮނުވާފައިވާ 01 ކިލޯގެ 208 ޕަކެޓް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، 2026 މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ.

     ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 2026 މެއި 20 އިން 21 މެއި 2026 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:15 -14:30 އަށް ލިބިފައިވާ ކަދުރު ހުސްވަންދެން މީހުންދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުން ކޮންމެ ގެއަކަށް 1 ޕަކެޓް ކަދުރެވެ.

     މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

20 މޭ 2026