ކުއްޔަށް ހިފުން
ނަންބަރު: (IUL)HC/2016/003
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 11 ޖަނަވަރީ 2016 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެއްގަމު ދަތުރުކުރުމަށް ޓެކްސީއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މި ކެމްޕަހުގައި 2016 ވަނަ އަހަރު ކުރަން ޖެހޭ އެއްގަމު ދަތުރުކުރުމަށް ޓެކްސީއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 11 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 10:00 އަށް މިކެމްޕަހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 14:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ކެމްޕަހުގައެވެ.

25 ރަބީޢުލްއައްވަލް 1437 

05 ޖަނަވަރީ 2016