ބީލަން
ނަންބަރު: (IUL)286-MP/286/2026/36
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 23:16
ސުންގަޑި: 21 މޭ 2026 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ޓަކް ޝޮޕް ހިންގުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭ

ކުރިޔަށް އޮތް 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ބަންދާ ދިމާކޮށް، ނ. ކެނދިކުޅުދޫ ބަނދަރު ސަރަހައްދުން 02 (ދޭއް) ޓަކް ޝޮޕް ޤާއިމުކޮށް ޚިދުމަތްދިނުމަށް ބޭނުންވެއެވެ. މި ޓަކްޝޮޕްތައް ހިންގުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖުމުލަ 10 (ދިހައެއް) ދުވަހުގެ މުއްދަތަށެވެ. އެއީ 24 މޭ 2026 އިން 02 ޖޫން 2026 ނިޔަލަށެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޓޭކްއަވޭ އަދި ޓަކް ޝޮޕްގެ ތަފުޞީލް:

އަދަދު

ބާވަތް

ތަން

ތަނުގެ ބޮޑުމިން

2

ޓަކްޝޮޕް

ބަނދަރުމަތި ސަރަހައްދު (މޮނިއުމަންޓްގެ އުތުރުން އަދި ދެކުނުން)

'10*'6

ޓަކްޝޮޕުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި އަދި އުފެދޭ ކުނި މެނޭޖް ކުރުމަކީ ޓަކްޝޮޕް ކުއްޔަށް ހިފާ ފަރާތުގެ ޒިންމާއެކެވެ. ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ބީލަން ސިޓީ ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރެވޭނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ. 2 ފަރާތުން އެއް އަގެއް ހުށަހަޅާފައިވާނަމަ ކުއްޔަށް ދޫކުރާނެ ފަރާތެއް ހޮވާނީ ގުރުއަތުންނެވެ. ކޮންމެ ފަރާތަކަށްވެސް ސިޓީ ހުށަހެޅޭނީ އެއް ޓަކްޝޮޕަށެވެ. އެއް ޓަކްޝޮޕްއަށް ވުރެއިތުރަށް އެއް ފަރާތްތަކުން ސިޓީ ހުށަހަޅާފައިވާނަމަ، އެފަރާތަކުން ހުށަހަޅާ ހުރިހައި ސިޓީއެއް ބާޠިލް ކުރެވޭނެއެވެ.

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. އަގުބަޔާންކޮށް ހުށަހަޅާ ސިޓީ (ދުވާލަކަށް ހުށަހަޅާ އަގު ވަކިން އެނގެން އޮންނަންވާނެ)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ވިޔަފާރި ރަޖިސްޓްރީ ކޮޕީ

ބީލަން ނުވަތަ ސިޓީ ހުށަހަޅުއްވަންވާނީ ސިޓީއުރައިގާ ބަންދު ކުރުމަށްފަހު ސިޓީ އުރައިގެ ބޭރުގައި "ޓަކްޝޮޕް ހިންގުމަށް" މިހެން ލިޔުއްވާ އިޢުލާނު ނަންބަރު ޖެހުމަށް ފަހުގައެވެ. ބީލަން ސިޓީ ބަލައިގަތުމާއި ހުޅުވުން އޮންނާނީ 21 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާ ކުރާ މާލަމް (ކެނދި މާލަމް) ގައެވެ. އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި ނަންބަރު 6563930 އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02    ޛުލްޙިއްޖާ    1447 

19 މޭ 2026