ދިވެހިރާއްޖެ
އިޢުލާން
ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ކޮޓަރިއެއް ހޯދުމާ ގުޅޭ
މި ސްކޫލްގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު GS-144/2015/IUL/31 (15 ޑިސެމްބަރ 2015) އަށް ހުށަހެޅި ބިޑުތަކުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޝަރުޠުތައް ފުރިހަމަވެފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ކޮޓަރިއެއް ބޭނުންވެއްޖެއެވެ. ވީމާ، އެގްރީމެންޓް ހަދާ ދުވަހުން ފެށިގެން 31 ޑިސެންބަރު 2016 އަށް، މި ސްކޫލަށް ކޮޓަރިއެއް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
12 ޖަނަވަރީ 2016 ވާ އަންގާރަ ދުވަހުގެ 13:00 |
14 ޖަނަވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.