ދިވެހިރާއްޖެ
މިކައުންސިލުން އިސްނަގައިގެން ނިލަންދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނާއ ގުޅިގެން 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން މިވަނީ ހުޅުވާލާފައެވެ. މިގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކުގެ މައުލޫމާތު ތިރީގައި އެވަނީ އެވެ.
- ފައިގަތަޅާ މުބާރާތް ( އަންހެން އަދި ފިރިހެން)
- ވާދެމުމުގެ މުބާރާތް (އަންހެން އަދި ފިރިހެން)
ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 23 މެއި 2026 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމާއި މިމުބާރާތްތަކުގެ ޤަވާއިދު މިކައުންސިލްގެ އިދާރާއިންނާއި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 4000012 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމް އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.
02 ޛުލްޙިއްޖާ 1447