ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/103
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 25 މޭ 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

FSM-ADV/2026/103

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

                           

މަޤާމް:

މެނޭޖަރ، ޕްރޮޖެކްޓްސް

ޑިޕާޓްމަންޓް/ސެކްސަން:

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ އިދާރީ އަދި ގަވަރނަންސް މަސައްކަތްތައް ބެލެހެއްޓުމުގައި ހެޑް އޮފް ޑިޕާޓްމަންޓްއަށް އެހީތެރިކަން ފޯރުކޮށްދިނުން.

-          ހެޑް އޮފް ޑިޕާޓްމަންޓްގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ސިޓީތަކާއި މުއާމަލާތްތައް ބެލެހެއްޓުމުގެ އިތުރުން، ނިންމާ ކަންކަން ފުރިހަމަވަމުންދޭތޯ ގަވާއިދުން ބެލެހެއްޓުން.

-          ޕްރޮޖެކްޓްތަކާ ގުޅުންހުރި ލިޔެކިޔުންތައް މެނޭޖްމަންޓްއަށާއި އަދި ބޯޑަށް ހުށައެޅުމުގެ މަސައްކަތްތައްކުރުން.

-          ޕްރޮޖެކްޓްތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކަކީ ފުރިހަމަ، ސައްހަ، އަދި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ވަގުތަށް ހުށަހެޅޭ ލިޔެކިޔުންތަކެއްކަން ކަށަވަރުކުރުން.

-          އެއްބަސްވުންތަކާއި، ހުއްދަތަކާއި، ރިޕޯޓުތަކާއި އަދި މުއާމަލާތްތައް ހިމެނޭގޮތަށް، ޕްރޮޖެކްޓްތަކުގެ ހުރިހާ ލިޔެކިޔުންތަކެއް ޑޮކިއުމަންޓްކުރުން.

-          ޕްރޮޖެކްޓްތަކާ ގުޅުންހުރި ލިޔެކިޔުންތަކާއި ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި، ކުންފުނީގެ އެހެނިހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.

-          ޕްރޮޖެކްޓްތަކާ ގުޅޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، އެޖެންޑާ ތައްޔާރުކުރުމުގެ އިތުރުން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

-          ޕްރޮޖެކްޓްތަކުގެ މަސައްކަތް ގޮސްފައިވާ މިންވަރާއި، އަދި އިދާރީ ހިންގުމާ ގުޅޭ ރިޕޯޓުތަކާއި ޚުލާސާތައް ތައްޔާރުކުރުން.

-          އޮޑިޓްތަކާ ގުޅިގެން ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުން.

ޝަރުތުތައް:

-          ސިވިލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގް ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  

މަހު މުސާރަ:

26،500ރ އާއި 31،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ޕްރޮޖެކްސް ޑިޕާޓްމަންޓް

 

 

މަޤާމް:

ސްޕެޝަލިސްޓް، ޕްރޮޖެކްޓްސް

ޑިޕާޓްމަންޓް/ސެކްސަން:

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-          ޕްރޮޖެކްޓްސްތަކުގެ ތާވަލުތައް ބެލެހެއްޓުން.

-          ޑިޕާޓްމަންޓްތަކާއި ގުޅިގެން މަސައްކަތްތައް ހިނގަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށްތޯ ކަށަވަރުކުރުން.

-          މެނޭޖްމަންޓަށާއި ކުންފުނީގެ ބޯޑަށް ހުށަހެޅުމަށްޓަކައި، މަސައްކަތް ކުރިއަށްދާ މިންވަރު ދައްކައިދޭ ރިޕޯޓުތައް ގަވައިދުން ތައްޔާރުކޮށް ހުށަހެޅުން.

-          ޕްރޮޖެކްޓް މެނޭޖްމަންޓް ސޮފްޓްވެއަރ ބޭނުންކޮށްގެން ރިޕޯޓުތައް ތައްޔާރުކުރުން.

ޝަރުތުތައް:

-          މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަހު މުސާރަ:

18,500ރ އާއި 21,500ރ އާއި ދެމެދު

ޑިޕާޓްމަންޓް:

ހެޑް އޮފީސް - ޕްރޮޖެކްސް ޑިޕާޓްމަންޓް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 25 މެއި 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

19 މެއި 2026

19 މޭ 2026