ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 366/2026/17
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 01 ޖޫން 2026 11:30
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫރު މިސްކިތުގެ މުންނާރުގައި ކުލަލާދޭނެ ފަރާތެއް ހޯދުމާއިބެހޭ

       ރަށު ނޫރު މިސްކިތުގެ މުންނާރު ދެފަރާތުގައި ކުލަލާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (13-1-2026) (IUL)366/2026/1 ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އަލުން  އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

 

      ވުމާއިއެކު، މިއިޢުލާނާއިއެކު ޢާއްމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 01 ޖޫން 2026 ވާހޯމަ ދުވަހުގެ 11:30 ގެ ކުރިން މިއިދާރާއިން ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ ފޯމް " ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް ޢާއްމު ކުރީމެވެ.   

 

       މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

19 މޭ 2026