ދިވެހިރާއްޖެ
މި ކައުންސިލުން ފޯރުކޮށްދެމުންދާ ކުނި އުކާލުމުގެ ޚިދުމަތަކީ ވަކި އުސޫލުތަކެއްގެ މަތިން ދެވޭ ޚިދުމަތެކެވެ. ނަމަވެސް، މިހާރަކަށް އައިސް ކައުންސިލުން އުކައިދިނުމަށް ހަމަޖެހިފައިނުވާ ބާވަތްތަކުގެ ކުނި، އުކާލުމަށްޓަކައި ނެރެމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ކައުންސިލުން އުކައިދޭ ކުނީގެ ލިސްޓުގައި ނުހިމެނޭ އެއްވެސް ބާވަތެއްގެ ކުނި، އާންމުކޮށް ކުނި ނަގާ ގަޑިތަކުގައި ބޭރަށް ނުނެރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.
ކައުންސިލުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތުގައި ހިމެނޭ ބާވަތްތަކަކީ:
1- ބަދިގޭކުނި
2- ޕްލާސްޓިކް
3- ދަޅު ( ދަގަނޑު، އެލުމިނިއަމް) އަދި ބިއްލޫރި
4- ފަތްކުނި / ކަރުދާސް ފޮށި ފަދަ ތަކެތި( ފަނާވެދާކުނި)
5- ނެޕީ ފަދަ ސެނިޓަރީ އައިޓަމްސް
6- ރޯކުނި
މަތީގައިވާ ލިސްޓުގައި ނުހިމެނޭ ބާވަތްތައް (މިސާލަކަށް: ގާކުނި އަދި މުށީގެ ބާވަތްތައް) އުކާލަންވާނީ އެތަކެތި އުކުމަށް ހާއްސަކޮށްފައިވާ ސަރަހައްދަށް، އަމިއްލަ އިންތިޒާމެއްގެ ދަށުން ނުވަތަ ކައުންސިލް ޕިކަޕް ސަރވިސް މެދުވެރިކޮށެވެ.