ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/01
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 19 ޖަނަވަރީ 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ރެޖިސްޓަރޑް ނަރުހުންނަށް މަރުޙަބާ ދަންނަވަމެވެ. މިމަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ރެޖިސްޓަރޑް ނަރސް

ބޭނުންވާ އަދަދު

30

މަޤާމުގެ ކްލެސިފިކޭޝަން:    ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

ނާރސިންގ ޑިޕާޓްމަންޓް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވާރޑެއް ހިންގުމުގައި އެކަށީގެންވާ ގޮތަށް ނާރސިންގ ކެއަރ ދެވޭނޭ ފަދަ އިންތިޒާމުތައްް ރޭވުން ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ނަފްސާނީ އަދި އިޖްތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
  2. ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި އަދި ރިފަރކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
  3. ޑޮކްޓަރުންގެ ލަފާގެ މަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން
  4. ދިމާވާ އިމަރޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖްކުރުން.

ތަޢުލީމާއި ތަޖުރިބާ:

  1. ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ
  2. ޑިޕްލޮމާއިން ކޮންވާރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.

މިމަގާމްތަކަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައްް

  1. މިހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން (ވަޒީފާއަށް އެދޭ ފޯމު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މުއްދަތު ހަމަނުވާ ނަރސިންގ ރެޖިސްޓްރޭޝަން، ލައިސަންސް ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަގާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

19 ޖަނަވަރީ 2016 އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 19 ޖަނަވަރީ 2016 ވަނަ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

04 ޖަނަވަރީ 2016