ނީލަން
ނަންބަރު: (IUL)462-AP/1/2026/27
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 07 ޖޫން 2026 11:00
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
Neelan

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

ދިވެހިރާއްޖެ

ނީލަން

 މިއޮފީހުގައި ބާވެފައިވާ ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން/ މ. ސީޓްރެކްސް  4 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ. 

ނީލަން ކާމިޔާބުކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 02 (ދޭއް) ދުވަހުގެ ތެރޭގައި ގެންދަވަން ވާނެއެވެ. 

ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ 04 ވަނަ ފަންގިފިލާއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ. 

ނިލާމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކޮށްލައްވަން ބޭނުންފުޅުވާ ނަމަ [email protected]   އަށް މެއިލް ކޮށްލެއްވުމަށް އެދެމެވެ. 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މޭ 2026