ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-E/302/2026/17
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 21 މޭ 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ކުޅިވަރު ފެސްޓިވަލްގައި ވިޔަފާރި ސްޓޯލްތައް ހިންގުމާއި ގުޅޭ

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި 27 މޭ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 ގައި ޢީދާއިގުޅޭ ޚާއްޞަ ކުޅިވަރު ފެސްޓިވަލްއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިކުޅިވަރު ފެސްޓިވަލްގައި ވިޔަފާރި ސްޓޯލްތައް ބަހައްޓާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވޭ މި ކުޅިވަރު ފެސްޓިވަލްގައި ވިޔަފާރި ސްޓޯލް ބެހެއްޓުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް، 21 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓްކުރެއްވުން އެދެމެވެ. އަދި ލިންކް މެދުވެރިކޮށް ނަންނޯޓްކުރަން ދަތިވާނަމަ، ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ގަޑީގައި ކައުންސިލްގެ 6580069 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ ކައުންސިލްގެ ނަންބަރ 7380069 އަށް ވައިބަރ އިން މެސެޖް ކުރައްވައިގެން ނަން ނޯޓް ކުރެވިދާނެ ވާހަކަ ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކް: https://forms.gle/3tifqrPBbARyXfBT8

19 މޭ 2026