ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HRS/1/2026/12
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 02 ޖޫން 2026 14:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

އިޢުލާން

ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ2026 ގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާނެ އެނިއުމަރޭޓަރުން ހޯދުން

          މިބިއުރޯގެ ފަރާތުން މިއަހަރުން ފެށިގެން ހިންގުމަށް ހަމަޖެހިފައިވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ޖޫން 2026 ގައި ލ. އަތޮޅު، ނ. އަތޮޅު އަދި އައްޑޫ ސިޓީގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރވޭގެ މަޤްސަދަކީ ގޭބިސީގެ އެވަރެޖް އާމްދަނީއާއި ޚަރަދު އަދި އެކިބައިތަކަށް ޚަރަދުކުރާ މިންވަރާއި ބޮލަކަށްޖެހޭ މިންވަރު ދެނެގަނެ ފަޤީރުކަމުގެ މިންގަނޑުތައް އެކުލަވާލުމާއި، އަދި މިނޫންވެސް އެހެނިހެން އިޤްތިސާދީ މިންގަނޑުތައް ދެނެގަތުމެވެ.

          މިގޮތުން މިސާރވޭގައި ހަރަކާތްތެރިވުމަށް ލ.އަތޮޅުގެ އެކި ރަށްރަށުން 16 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. އަދި ނ. އަތޮޅުގެ އެކި ރަށްރަށުން 12 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. އަދި އައްޑޫ ސިޓީގެ އެކި ރަށްރަށުން 28 އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. ތިރީގައި އެވަނީ އިސްވެ ބަޔާންކުރެވުނު ތިން އަތޮޅުގެ ކޮންމެ ރަށަކުން އެނިއުމަރޭޓަރުން ހޯދަން ބޭނުންވާ އަދަދުތަކެވެ.

ލ. ދަނބިދޫ

2 އެނިއުމަރޭޓަރުން

ލ. ފޮނަދޫ

2 އެނިއުމަރޭޓަރުން

ލ. ގަމު

4 އެނިއުމަރޭޓަރުން

ލ. ހިތަދޫ

2 އެނިއުމަރޭޓަރުން

ލ. ކަލައިދޫ

2 އެނިއުމަރޭޓަރުން

ލ. މާމެންދޫ

2 އެނިއުމަރޭޓަރުން

ލ. މާވަށް

2 އެނިއުމަރޭޓަރުން

 

ސ. ފޭދޫ

2 އެނިއުމަރޭޓަރުން

ސ. ހިތަދޫ

4 އެނިއުމަރޭޓަރުން

ސ. ހުޅުދޫ

2 އެނިއުމަރޭޓަރުން

ސ. މަރަދޫ

2 އެނިއުމަރޭޓަރުން

ސ. މަރަދޫ ފޭދޫ

2 އެނިއުމަރޭޓަރުން

ސ. މީދޫ

2 އެނިއުމަރޭޓަރުން

 

ނ. ފޮއްދޫ

2 އެނިއުމަރޭޓަރުން

ނ. ކެނދިކުޅުދޫ

2 އެނިއުމަރޭޓަރުން

ނ. ޅޮހީ

2 އެނިއުމަރޭޓަރުން

ނ. މަނަދޫ

2 އެނިއުމަރޭޓަރުން

ނ. މިލަދޫ

2 އެނިއުމަރޭޓަރުން

ނ. ވެލިދޫ

2 އެނިއުމަރޭޓަރުން

          މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި ކައިރި ރަށްރަށަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

-  ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)

-   ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ

-   ފުޑް އެލަވަންސް -/300 ރުފިޔާ

-   ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30  ރުފިޔާ

-   ރަށުން ބޭރުގައި މަސައްކަތްކުރާ އިނިއުމަރޭޓަރުންނަށް ހުރުމުގެ އިންތިޒާމް ދުވާލަކަށް -/750 ރުފިޔާގެ ރޭޓުން

          ވީމާ، މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/UVSd8RnVthdnq5kF8 އިން އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 2 ޖޫން 2026 14:00ގެ ކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ. މިސާރވޭއާއިބެހޭ އިތުރު މަޢުލޫމާތު 3008488 ނުވަތަ 3008408 އިން ލިބިވަޑައިގަންނަވާނެއެވެ.

19 މޭ 2026