ދިވެހިރާއްޖެ
އިޢުލާން
މިކޮމިޝަންގެ ސަދަން ބްރާންޗް ގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާގުޅޭ
މި ކޮމިޝަނުގެ ސަދަން ބްރާންޗް ގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، މި ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ކޮމިޝަނަށް ފައިސާ ދެއްކެވުމަށްފަހު 3 ދުވަސްތެރޭގައި އެ ތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމު އުޞޫލުން ކޮންމެ އައިޓަމެއް ވަކިން / ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2026 ޖޫން 7 (އާދީއްތަ) ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އެޗްއާރސީއެމް ސަދަން ބްރާންޗް (ސިލްވަރ ލޭކް / ސ. ހިތަދޫ، މެދެއާރިމަގު) އަށް ވަޑައިގެން ދެއްވުން އެދެމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޮމިޝަނުގެ ނަންބަރު 3003175 ފޯނަށް ގުޅުއްވުން އެދެމެވެ.
2 ޛުލްޙިއްޖާ 1447
19 މެއި 2026